ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭގައި ހުންނަ ދައުލަތުން ބަލަހައްޓާ ކުދުން ދިރިއުޅޭ ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އެތަނުގައި ތިބި ކުޑަކުދިންތަކެއް އެތަނުގެ ފުރާޅު މައްޗަށް އަރައި އެތަނުގެ ބައެއް ކުޑަދޮރު ތަކެއް ތަޅާލިތާ މާގިނަ އިރެއް ނުވެ އެވެ.
މިހާދިސާ ހިނގުމާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފަ އެވެ.
އެކަމަކު އަލިފާންގަނޑު ނުފެތުރެނީސް، ފަޔާ ޓްރަކް ގޮސް އަލިފާންގަނޑު ވަނީ ނިއްވާލައިފަ އެވެ.
އަލިފާނުގެ ހާދިސާއެއް އެތަނުގައި ހިނގާފައިމި ވަނީ ފިޔަވަތީގައި ދިރިއުޅޭ ބައެއް ކުދިން ބޭރަށް ނުކުމެ، ފުރާޅު މައްޗަށް އަރައި ނުކިޔަމަންތެރިކަން ދައްކާތާ 24 ގަޑިއިރު ފަހުންނެވެ.
އެތަނުގައި އުޅޭ ކުދިންނަށް އަނިޔާކުރާ މައްސަލައެއް ވެސް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.
މިހާރު އެ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމެރިކާއިން ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އަމްޖަދު
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!