މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ތ އަތޮޅުން ފެށިގެން އައްޑުއާ ހަމަޔަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ ( މެޓް އޮފީސް) އިން އެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދުގެ މަގުތެއްގަ އެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ މެންދުރު 1:00 ން ފެށިގެން އިރުއޮއްސި 6:00 ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.

މީގެ އިތުރުން މެޓް އޮފީހުން ލ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 8:00 ން މެންދުރާ ހަމައަށް ހުދު ސަމާލު ނެރެފައިވެ އެވެ. އަދި މިއަތޮޅުތަކަށް ވެސް ގަޑިއަކު 40 މޭލުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.