އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ މުބާރާތުގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.

އަންނަ މަހު 1 ން 16އަށް މާލޭގައި ކުރިއަށްގެންދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ މެއިން ސްޕޮންސަރަކީ އުރީދޫ އެވެ.

Adv by Media Net
Media Net
Adv by Coca Cola
Coca Cola

މިކަމާގުޅިގެން އެފްއޭމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި އެފްއޭމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއްމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި ރަސްމިއްޔާތުގައި ވަނީ މިމުބާރުތުގެ އެހެން ސްޕޮންސަރުންނާއެކު ވެސް ސޮއިކޮށްފަ އެވެ. އެގޮތުން އެލައިޑް އިންޝުއަރެންސާއި ކޮކާ ކޯލާ އަދި އެމްޑަބްލިއުއެސްސީއާއެކު ވަނީ ސޮއިކޮށްފަ އެވެ.

އަންނަ ހުކުރު ދުވަހު މިމުބާރާތް ފެށުމަށް ތައްޔާރުވަމުންދާއިރު މުބާރާތުގެ ޕާޓްނަރުންނާއެކު އެފްއޭމް އަންނަނީ ސޮއިކުރަމުންނެވެ. އެގޮތުން މިފަހަރު ދިވެހި ގައުމީ ޓީމުގެ ކިޓް ވެސް ފޯރުކޮށްދެނީ ދިވެހި ކުންފުންޏެއްކަމަށްވާ އައިލެންޑް އެޕެރަލްސްއިންނެވެ.