އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ ވެބް ސީރީޒް "ބީވުން"ގެ ޝޫޓިން މިމަހުގެ ފަސް ވަނަ ދުވަހު ފަށަށް ނިންމައިފި އެވެ.
މޭޓް ސްޓޫޑީއޯއިން ގެނެސްދޭ މިސީރީޒް އަކީ މުހައްމަދު ފުއާދު (ފޯޑު) ޕްރޮޑިއުސްކުރާ އަސަރު ގަދަ ތިނެއްކަން ލޯބީގެ ޑްރާމާއެކެވެ. މި ވެބް ސީރީޒްގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނައިރު މިސީރީޒްގެ ޑައިރެކްޓަރަކީ މަޝްހޫރު ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
ޖުމްލަ 13 އެޕިސޯޑުގެ މައްޗަށް ހަދާ "ބީވުން"އިން މިހާރު ކުރިއަރަމުން އަންނަ ބަތަލާ މަރިޔަމް ޝިފާގެ އިތުރުން ހުނަރުވެރި އެކްޓަރު ޝަރީފް ލީޑްރޯލުން ފެނިގެންދާނެ އެވެ. އިތުރު ތަރިންގެ ތެރޭގައި އަލީ ސަމީލް، ފާތިމަތު ލަތީފާ، ޔޫޝައު، މަރްޔަމް ޙަލީމް، ސާނާ ހިމެނެ އެވެ.
"ބީވުން" ގެ ވާހަކައާއި ސްކްރީންޕްލޭ ލިޔުނީ ޢަލީ ރަޝީދުގެ އަންހެނުން އާމިނަތު ރިނާޒާ އެވެ. ޑައިރެކްޝަންގެ އިތުރުން ކެމެރާ ކުރާނީ ޢަލީ ރަޝީދު އެވެ.

އެމްޑީޕީން އަނެއްކާ ވެސް ބޮޑު އެއްވުމެއް މާޗު 21 ގައި
ހުޅަނގު އައްސޭރީގެ އެމެރިކާ އާބާދީތަކަށް ޕާސްޕޯޓުގެ ހިދުމަތް ދެނީ
ރޯދަ ހިފުމުގެ ނަފްސާނީ ފައިދާތަކަށް ނަޒަރެއް!
