މާލެއިން ފުރައިގެން މ. މެދުފުއްޓަށް ދިޔަ ޓީއެމްއޭގެ ސީޕްލޭނެއް ދޯންޏެއްގައި ޖެހި ގެއްލުންތަކެއް ވެއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި ހިނގާފައި ވަނީ މިއަދު ހެނދުނު 11:18ގަ އެވެ.
ޓީއެމްއޭ އިން ދުއްވާ ޑީއެޗްސީ ޓުވިން އޮޓާ މަރުކާގެ ބޯޓު ދޯންޏެއްގައި ޖެހުމުން ބޯޓުގެ އެއްފަރާތު ފިޔަގަނޑަށް ވަނީ ގެއްލުންވެފަ އެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި 14 ފަސިންޖަރުން ތިބި ކަމަށްވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެނގިފައިވެ އެވެ.
ޓީއެމްއޭގެ ބޯޓަށް ދިމާވި ހާދިސާއާ ބެހޭ ގޮތުން އެ ކުންފުނީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފި
ހައްޖު ދުވަހުގެ މާތްކަން ހާމަވާ 10 ކަމެއް!
ޖޭމްސް ބޮންޑްގެ ރޯލުން އިދްރިސް އެލްބާ ފެނިދާނެތަ؟