ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ގޭގައި އަލިފާން ރޯކޮށްލުމަށް ބަޔަކު މަސައްކަތްކޮށްފި އެވެ.
ސ. ހިތަދޫގައި ހުންނަ މެމްބަރު އަސްލަމްގެ އަނބިކަނބަލުން ދިރިއުޅުއްވާ ގޭގައި އަލިފާން ރޯކޮށްލަން މަސައްކަތް ކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
މިގޮތުން އޭނާގެ ގެ ރޯކޮށްލަން މަސައްކަތްކުރި މީހުން ވަނީ ގޭގެ ދޮރަށް ތެޔޮ އެޅުމަށް ފަހު އަލިފާން ރޯކޮށްލާފަ އެވެ. އެހެން ނަމަވެސް އެވަގުތު ވާރޭ ވެހުމުގެ ސަބަބުން އަލިފާންގަނޑު ވަނީ ބޮޑަށް ރޯނުވެ ނިވިފަ އެވެ.
މެމްބަރު އަސްލަމްގެ ގޭގައި ރޯކޮށްލަން ބަޔަކު މަސައްކަތްކޮށްފައި ވަނީ ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި މެމްބަރު އަސްލަމްއާއި ދެމެދުގައިވެސް މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން މެމްބަރު ނާޒިލް މެންބަރު އަސްލަމަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެ އެވެ.
ރޭގެ ވަގުތެއްގައި ހިނގައިދިޔަ މިހާދިސާއާއި، ހިތަދޫ އަށް ނިސްބަތްވާ މިދެ މެމްބަރުންގެ މެދުގައި ޖެހިފައިވާ މައްސަލައާ އެއްވެސް ގުޅުމެއްވާކަމުގެ ހެއްކެއް ނުލިބުމާއެކު މިދެ މައްސަލާގައި ގުޅުމެއް ވާކަމަށް ކަށަވަރުވެފައެއް ނުވެ އެވެ.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
އައްޑޫން މީޙުން ބާލަން މަމެން ގޮވާލަމޭ އިނގޭތޭ...
މިއޮތީ ވާ ގައުމެއް. މި 3 ލައްކަ އެއްހާ މީހުންގެ ބަލާ ހާދަ ބޮ.. އެއްދީނޭ އެއްބަހުން ވާހަކަ ދައްކާ އެއް ނަސްލެއްގެ ބައެކޭ ބުނާއިރު ތަފާތު ދީންތަކަށް އުޅޭ ތަފާތު އެތައްބަހަކުން ވާހަކަ ދާހަކަ ތަފާތު އެތައް ނަސްލެއްގެ ބަޔަކު އުޅޭ ގައުމުގައިވެސް މި ގައުމުގައި މިހިގާ ފަދަ ނާތަހުޒީބީ، ގޮތްކުޑަ، ލަދުކުޑަ، ހަޔާ...... ނުލަފާ، ޖާހިލު މުޑުދާރު ކަންތައް ތަކެއް ނުހިގާ. މި ގައުމު އަތަކު ޖެއްސޭނީ ވަރަށް ގަޓު ހުރި ވެރިންތަކެއް ލިބިގެން. ފައިބަން ބުނީމާ ނުފޭބި ބަޔަކު ގައުމުގައި. އަދުލު އިންސާފެއްނެތް.