ރާއްޖޭގައި ހިންގާ އެއްވެސް ވިޔަފާރި މުއާމަލާތެއްގައި ކްރިޕްޓޮ ކަރަންސީ ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.
އެމްއެމްއޭއިން މިހެން ބުނެފައިވާއިރު، ކްރިޕްޓޮ ކަރަންސީ ބޭނުންކުރަން ފަށާފައި ވަނީ، ކ. އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސްގައި ހަދާފައިވާ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫނެވެ.
އެމްއެމްއޭއިން ބުނީ ރާއްޖޭގެ ގާނޫނުން ކްރިޕްޓޮ ކަރަންސީ ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން އެ ދެ ރިސޯޓަށް އަޅާނެ ފިޔަވަޅެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެ އެވެ.
ކްރިޕްޓޮ ކަރަންސީއަކީ އެއްވެސް މަރުކަޒީ ބޭންކެއްގެ ބާރު ނުހިނގާ ގޮތަށް ބްލޮކް ޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން މުއާމަލާތްތައް ހިންގަން ބޭނުންކުރާ ފައިސާއެކެވެ.
ރާއްޖޭގައި ކްރިޕްޓޮ ކަރަންސީން މުއާމަލާތްކުރަން ފަށާނެކަން އިއުލާނުކުރި ދެ ރިސޯޓު ހިންގާ ހޮޓައިލް ޗެއިނަކީ ދުނިޔޭގައި ވެސް އެންމެ ފުރަތަމަ ކްރިޕްޓޮ ކަރަންސީ ބަލައިގަންނަން ނިންމި ހޮޓެއިލް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޗެއިނެކެވެ.
ރާއްޖޭގައި އެ ޗެއިނުގެ ރިސޯޓުތަކުން ބަލައިގަންނަން ނިންމީ ޔޫއެސްޑީ ކޮއިނާއި، ޓެދާ ޓޯކަންސްއެވެ.
ބޮއްޔަށް ބަދަލު ކޮށްލަމާ. ނޫޓު ވެސް މާ ޒަމާނީ
ރައްޔިތުންނަށް ފައިދާހުރިކަމެއް ވެއްޖެއްޔާމު ވިޔަފާރިވެރިންނާއި ބޮޑުން ނުރުހޭނެ. އެމީހުންނަށް ލިބޭ ޓެކުހާއި ފައިދާއިން މިންވަރެއް އުނިވެދާނެތީ ކުރާނެ ހުރިހާކަމެއްވެސް. އާންމު ރައްޔިތުންނަށް ބެލުމެއް ނޯންނާނެ ތޯއްޗެ.
ރާއްޖޭގައި ކްރިޕްޓޮ ކަރަންސީ ބޭނުން ނުކުރެވޭނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު ބުނާނީ އެއީ އޭނާ ކަނޑުކޮސް ކަމުންނޭ ވަރަށް ގިނަ ގައުމު ތަކުން އެދަނީ ކްރިޕްޓޮ ކަރަންސީ ބޭނުން ކުރަން ހުއްދަ ދެމުންނޭ ބޮޑެތި ކުންފުނި ތަކުން ވެސް އެދަނީ އެކަން ކުރަމުންނޭ ގާނޫނެއް ނެތް ނަމަ ގާނޫނެއް ހަދައިގެން ވެސް އެކަން ކުރަން ޖެހޭނެއޭ...
އެމް.އެމް.އޭ އިން ނުކޮށް ހުރެބަލަ.. މަށަށް އެނގޭނި މަ އަތުގަ އޮންނަ އެއްޗެއް ވިއްކާނެ ގޮތާ ދޭނެ ގޮތް.. ހިލޭ ދިނަސް ކުރިޕުޓޯއަކަށް ދިނަސް އަދި ލަވްޔޫ ޖަހާފަ ފޮނުވާ ޓެކްސްޓްމެސެޖަކަށް ދިނަސް އެމް.އެމްއޭ އާ ކޮންބެހޭ ކަމެއް..
ރާއްޖޭގައި ކްރިޕްޓޮ ކަރަންސީ ބޭނުމެއް ނުކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނުން އެއީ ދެން ވަރަށް ކަނޑުކޮސް ވާހަކަ އެކޭ މިކަނޑުކޮސް ސަރުކާރުން ކަނޑައަޅާފައިވާ ކަނޑުކޮސް ގޮރުނޮދޯރު އެވިދާޅުވަނީ ތަމެން ދަންނަންތޭ ބައިނަރީ ނަމްބަރސް މަސައްކަތް ކުރާ ގޮތް ފުރަތަމަ މެޝިން ލެންގުއޭޖް އުފައްދާ ދެން އެސެމްބްލީ ލެންގުއޭޖް އުފައްދާ ދެން ހައިލެވެލް ލެންގުއޭޖް އުފައްދާ ދެން މިޑިލް ލެވެލް ލެންގުއޭޖް އުފައްދާ ޕްރޮގްރާމިންގް ލެންގުއޭޖް ފަސޭހަ ކުރުމަށް ޓަކައި ކޮމްޕައިލިންގް އަަދި އިންޓަރޕްރިޓޭޝަން މެތަޑް އުފައްދީ