ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ރާއްޖެއާއި ޝްރީ ލަންކާ ކުޅޭ މެޗު ބެއްލެވުމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފި އެވެ.
މިއަދު ހަވީރު ރާއްޖެއާއި ލަންކާ ކުޅޭ މެޗު ބައްލަވައިލެއްވުމަށްޓަކައި ނަމާލް ރާއްޖެ ވަޑައިގެންފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި މެޗު ބެއްލެވުމަށްފަހުގައި އަލުން އަނބުރައި މިރޭގެ ވަގުތެއްގައި ލަންކާ ވަޑައިގަންނަވާނެކަމަށް މައުލޫމާތުލިބެ އެވެ.
ލަންކާގެ ޔޫތް މިނިސްޓަރު ރާއްޖެ ވަޑައިގަތުމާއި އެކު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ރާއްޖޭގެ ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަޙުމަދު މަޙްލޫފް އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ޝްރީ ލަންކާ ކުޅެގެން މިހާތަނަށް ކާމިޔާބީ ލިބިފައިނުވާއިރު، ލަންކާއިން ކުޅުނު ފުރަތަމަ ދެމެޗުން ވަނީ ބަލިވެފައެވެ. އަދި އިންޑިޔާއާއި ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވެ ލަންކާއިން ވަނީ މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފަ އެވެ.
ރާއްޖެއާއި ލަންކާއާއި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ބެލުމަށް އާންމުންގެ ގިނަ ބަޔަކު ފޯރި ނަގާއިރު، މެޗުގެ ޓިކެޓުތައް ވަނީ ވިއްކަން ފެށިތާ ގިނަ އިރުތަކެއް ނުވެ ވިކިފަ އެވެ. މިކަމާއި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކޮށްފައިވާއިރު، ޔޫތް މިނިސްޓަރު މަހުލޫފް ވަނީ މެޗުގެ ޓިކެޓުތައް ފަސޭހައިން ލިބޭނެ ގޮތް ހަދާދެއްވާނެކަމަށް ވިދާލުވެފަ އެވެ.
އެއް ދުވަހު މަރުވި 2 ގައިދީންގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ބޭރަށް
އެޕްސްޓީންއާ ގުޅުންބޭއްވި ނޯވޭގެ ކުރީ ބޮޑުވަޒީރު ހައްޔަރުކޮށްފި
ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި
