މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް އޮފީސް) އިން އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ ހެނދުނު 10:15 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިގޮތުން މެޓް އިން ބުނީ އެއަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރާ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ވަނީ ބުނެފަ އެވެ.

އެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އިން ވަނީ މީގެ ކުރިން ވެސް ހުދު ސަމާލު ނެރެފަ އެވެ. އެގޮތުން ފަތިހު 4 އިން ފެށިގެން ހެނދުނު 10:15 އާއި ހަމައަށް އެއަތޮޅުތަކަށް މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވެ އެވެ.