މިމަހުގެ 30ގައި ނެރުމަށް ހަމަޖެހިފައިވާ އަރިއާނާ ގްރާންޑޭގެ ހަ ވަނަ އަލްބަމްގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ. "ޕޮސިޝަންސް"ގެ ނަން ދީފައިވާ މިލަވަގައި އަރިއާނާ ފެންނަނީ އެމެރިކާގެ ރައީސާގެ ގޮތުގަ އެވެ.

ޑޭވް މަޔާޒް ޑައިރެކްޓް ކޮށްފައިވާ މިލަވައިގައި އަރިއާނާގެ ނަޒަރުގައި އެމެރިކާ ސަރުކާރުގެ ތެރޭގައި އޮންނަން ޖެހޭ އަދުލު އިންސާފާއި ނަސްލީ އަދި ޖިންސުގެ ހަމަހަމަކަމަށް އިހުތިރާމް އޮންނަށް ޖެހޭ މިންވަރު ދައްކުވައިދީފައި ވެ އެވެ. ލަވައިގައި އަރިއާނާގެ ލުކް ވައްތަރުކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ޖެކުލިން ކެނެޑީ އޮނާސިސް އާ އެވެ.

މިދިޔަ އަހަރުން ފެށިގެން ސަޕޯޓަރުން އިންތިޒާރު ކުރަމުންދާ މިއަލްބަމް މިމަހު ނުކުންނާނެ ކަމުގެ އިޝާރާތެއް އަރިއާނާ ކޮށްފައިވަނީ މިމަހު 14 ގަައި އޭނާ ކުރި ޓުވީޓެއްގަ އެވެ.

https://www.youtube.com/watch?v=tcYodQoapMg

މިއަހަރުގެ މިހާތަނަށް އައި އިރު، ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ލަވަކިޔުންތެރިޔާ؛ އަރިއާނާ ގްރާންޑޭގެ ދެ ލަވައެއް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ ޗާޓުތަކުގެ އެއް ވަނައިގައި ވާދަކޮށްފަ އެވެ. އެއީ ޖަސްޓިން ބީބާ އާއި އެކު ގެނެސްދިން "ސްޓަކް ވިތް ޔޫ" އާއި ލޭޑީ ގާގާ އާއި އެކު ގެނެސްދިން "ރެއިން އޮން މީ" އެވެ.