ކަނޑުފަޅުގައި ދިރިއުޅޭ މިޔަރަކީ، ރާއްޖޭގައި ގިނަ އަދަދަކަށް ފެންނަ މަހެކެވެ. ނިތްގަނޑުގެ ދަށްފަރާތުގައި މިޔަރުގެ އަނގަ އިންނައިރު، އެސޮރުމެންގެ އަނގައިގައި ވަރަށް ތޫނު ދަތްތަކެއް ހުރެ އެވެ.
އެހެން މަސްމަހާއި މިޔަރު ތަފާތުވާއިރު، ކޮތަރީގެ ބަދަލުގައި މިޔަރުގައި ހުންނަނީ އުރަހަ އެވެ. އަދި ކަންފަތް ހުންނަނީ އެހެން މަސްމަހާ ޚިލާފަށް އުރަހައެއްގެ ސިފައިގައި ބަނޑުދަށް ފަރާތުގަ އެވެ. ހަމައެހެންމެ މިޔަރުގެ އެކި ބާވަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނެ އެވެ.
މިހާރު ރާއްޖޭގެ ސަރަހައްދުތަކުގައިވާ މިޔަރުތައް ބަލައިލުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރާއިރު، މިކަން ވެގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ގިނަގުނަ ކުރިއެރުންތަކެއް ގެނެސްދޭ ކަމަކަށެވެ. މިޔަރު ހިމާޔަތްކޮށް އޭގެ މަސްވެރިކަންކުރުން ރާއްޖޭގައި މަނާކުރި ނަމަވެސް މީގެ އަހަރުތަކެއް ކުރިން މިކަން އޮތީ މިހެންނެއް ނޫނެވެ.
މިކަން ފާހަގަކޮށް އިނގިރޭސިވިލާތުގެ މަޝްހޫރު "ދަގާޑިއަން" ނޫހަށް ދިން އިންޓަވުއުއެއްގައި "ފުވައްމުލަކުގެ މެރިން ފައުންޑޭޝަން"ގެ ފައުންޑަރު އަހުމަދު (ލޮނު) ވަނީ މިޔަރާ ގުޅިގެން އޭނާ މީގެ ކުރިން ކޮށްފައިވާ ތަޖުރިބާތައް ހިއްސާކޮށްފަ އެވެ.
ފުވައްމުލަކަކީ މިޔަރު ބާވަތްތަކުގެ ތެރެއިން "ޓައިގާ ޝާކް"ގެ ބާވަތް ގިނައިން އުޅޭ ސަރަހައްދެއްކަން ފާހަގަކޮށް ލޮނު ވަނީ މީގެ ކުރިން ގިނަ މީހުން މިޔަރުމދެކެ އިންތިހާއަށް ބިރުގަންނަ ކަމަށް ބުނެފަ އެވެ. އަދި މިޔަރު ފެނުމުން އެ މެރުމަކީ އޭރުގައި އާންމު ކަމެއް ކަމަށް އޭނާ ބުނެޏެވެ.
ފެމުނު މިޔަރާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކާ ހިލާފަށް ލޮނު، މީގެ ދިހަ ވަރަކަށް އަހަރު ކުރިން މިޔަރުތަކެއްގެ ތެރެއަށް ފުންމާލި ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އޭނާއަށް ފެނުނީ މުޅިން އެހެން މަންޒަރެއް ކަމަށް އޭނާ ބުންޏެވެ.
"މީހުން ގަބޫލުކުރަނީ އަހަރެންނަކީ މޮޔައެއް ކަމަށް. އަހަރެންގެ މަންމަ ވެސް އަހަރެން މިޔަރުތަކުގެ ތެރެއަށް ދާތީ ވިސްނީ އެހެން. މަހަށްދާ މީހުން އަހަރެން ކައިރީ މިޔަރުތަކުގެ ތެރޭގައި ނޫޅުމަށް އާދޭސް ވެސް ކުރި،" ލޮނު ބުންޏެވެ.
އަހުމަދު ބުނީ މީހުންގެ ހިޔާލާއި ގަބޫލުކުރުންތަކާއި ހިލާފަށް އޭނާއަށް ފެނިގެންދިޔައީ މިޔަރުގެ ރަނގަޅު ސިފަތައް ކަމަށެވެ. އެގޮތުން މިޔަރަކީ، މަސްވެރިކަން ކުރާ ބާވަތްތަކުގެ މަސްތަކުގެ މާކެޓް އިތުރުކޮށްދޭ އެއްޗެއް ކަމަށް އޭނާ ބުނެ އެވެ.
"ކޮންމެ ދުވަހަކު މަސްވެރިން އުކާ މަހުގެ ކަށިތަކާއި ބޭކާރު ބައިތައް، މިޔަރުތައް އައިސް ކައި އުޅެނީ. އަނެއްކާ ދިރިހުރި މަސްތަކެއް ވެސް އެސޮރުމެންނެއް ކައެއް ނުހަދާ. އަހަރެން ދުވަހަކު ވެސް މިޔަރު ދެކެ ބިރެއް ނުގަނޭ. އެއީ އަހަންނަށް އަބަދުވެސް އެނގޭ އެސޮރުމެންނަކީ މޫދު ސާފުކުރާ ބާވަތުގެ މަސްތަކެއްކަން،" އޭނާ ބުންޏެވެ.
ދުވަހެއް ދުވަހަކަށް އަހުމަދު މޫދުގައި އެތައް އިރަކު މިރަޔާއެކު އުޅުމަށްފަހު އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން އައުމާ ގުޅިގެން ރަށުގެ އެހެން މީހުން ވެސް މިޔަރާ ދޭތެރޭގައި ދެކުނު ގޮތް ބަދަލުވެގެން ދިޔަ ކަމަށް ލޮނު ބުންޏެވެ.
މިޔަރު ބަލާލަން އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، އެ ރަށުގެ އިގްތިސާދަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް އަންނަން ފަށައިފަ އެވެ. އެއާއެކު މިހާރު ފުވައްމުލަކު މީހުންގެ ދިރިއުޅުމާ މިޔަރު ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފަ އެވެ. މިޔަރު ބަލަން މި ރަށަަށް ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުރުވެ، މިރަށުގައި ޓޫރިޒަމްގެ ވިޔަފާރި ވެސް ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. މިއީ ލޮނުމެން ވަރަށް ބޮޑަށް އުފާކުރާ ކަމެކެވެ.
މިފަދައިން މިޔަރާމެދުގައި އޮތް ހިޔާލު ބަދަލުވި މީހުންގެ ތެރޭގައި ހިމެނޭ އެކަކަކީ ސައީދު (ސޭންޑް) އެވެ. އޭނާ ބުނާ ގޮތުން ލޮނު އާއެކު މިޔަރުތަކުގެ ތެރެއަށް ޑައިވްކުރުމުން އޭނާ މިޔަރާ މެދުގައި ދެކޭގޮތް މުޅިން ބަދަލުވެއްޖެ އެވެ.
"އަހަރެން އަބަދުވެސް މިޔަރުދެކެ ބިރުގަނޭ. އެކަމަކު ލޮނު އަހުމަދާ އެކު ޑައިވްކުރުމަށްފަހު މިޔަރާއި މެދު ދެކޭ ގޮތް ހަމަ އެއްކޮށް ބަދަލުވެއްޖެ. މިޔަރުތަކުގެ އުޅުމާއި، އޭގެ ހަރަކާތްތައް ހުންނަ ގޮތާއި އެއްޗިސް އަހަރެންނަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ގެނެސްދިން. އިނގިރޭސި ވިލާތުން މިޔަރާ ގުޅުވައިގެން މިގެނެސްދޭ ފިލްމުތަކަކީ އެއްވެސް ގޮތަކަށް ހަގީގަތެއް ނެތް ވާހަކަތަކެއްކަން އިހުސާސްވި،" އޭނާ ބުންޏެވެ.
ސައީދު އިތުރަށް ބުނީ ލޮނުގެ އިސްނެގުމުގައި ކުރެވުނު މި މަސައްކަތާއެކުގައި ފުވައްމުލަކުގެ ގިނަ މީހުން މިހާރު އެދެނީ މިޔަރުތަކަށް ގެއްލުމެއް ނުވެ، ސަލާމަތުން ދިރިހުރުމެވެ. އަދި ލޮނު އަހުމަދު އެކަން އެފަދައިން ނުކުރިނަމަ ރަށުގެ ރައްޔިތުންނަށް ކަނޑު އަޑީގެ ދިރުންތަކުގެ ރީތިކަމާއި އެސޮރުމެންގެ ހިތްގައިމުކަމުގެ ހަގީގަތް ދެނެގަތުމަކީ ދުރުކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މިކަން ވެގެންދިޔައީ ރަށުގެ ގިނަ ރައްޔިތުންނަށް މިޔަރުތައް ދެނެގަނެ، އެއާއެކު ކަނޑު އަޑީގެ ހިތްގައިމުކަން ބަލައިލުމަށް ހިތްވަރުދިން ކަމަކަށެވެ.
ފުވައްމުލަކުގައި ޑައިވް މާސްޓާއެއްގެ ގޮތުގައި ހަރަކާތްތެރިވާ ހަމައެކަނި އަންހެން ޑައިވްވާސްޓާ ހަމްނާ ހުސެއިން ބުނާގޮތުންނަމަ މިޔަރުތަކާއެކު ޑައިވްކުރުން ތައާރަފްވެގެން ނުދިޔަ ނަމަ ރަށު ރައްޔިތުންގެ ދިރިއުޅުން މިހާރުގައި މީހުން ދިރިއުޅޭގޮތާއި ހާސްބައި ތަފާތުވާނެ އެވެ.
ހަމައެހެންމެ ގިނަ ބަޔަކު ކުރަން ޖެހިލުންވާ ކަމެއް އަންހެން ކުއްޖަކު ކުރާތަން ފެނުމަކީ އެކަން ކުރުމަށް ގިނަ ބަޔަކަށް ހިތްވަރުލިބޭ ކަމެއް ކަމަށް ހަމްނާ ބުނެ އެވެ.
"ވަރަށް ގިނަ މީހުން އަހަރެންނާ ދިމާލަށް ބުނޭ، އަހަރެން ކަހަލަ އަންހެން ކުއްޖަކަށް ވަންޏާ އެމީހުންނަށް ވެސް ވާނެއޭ. ކޮންމެ ވެސް ވަރަކަށް ލަދުވެސް ގަނޭ އެ ބުނާގޮތުން. އެކަމަކު އަހަރެން އެ ނަގަނީ ޕޮޒިޓިވްކޮށް،" ހަމްނާ ބުންޏެވެ.
އެހެންނަމަވެސް މީހުންނަށް އެންމެ ބޮޑަށް އުނދަގޫވެ، އެކަމަކުން އަރައިގަންނަން އުނދަގޫވެފައިވާ އެއްކަމެއްގެ ގޮތުގައި ހަމްނާ ބުނަނީ ޕްލާސްޓިކުން މޫދަށާއި، ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރެވެ.
ރާއްޖެފަދަ ކުޑަ ގައުމެއްގައި ޕްލާސްޓިކް ކޮތަޅާއި ފުޅި ފަދަ އެކި ކަހަލަ ކުނިބުނި ގިނަވުމުގެ މައްސަލަތައް ހައްލުކޮށް ޕްރޮސެސްކުރެވެން ނެތްކަމަކީ މިއަދު ކުރިމަތިލާން ޖެހިފައިވާ ބޮޑު މައްސަލައެއްކަމުގައި ހަމްނާ ފާހަގަކުރެ އެވެ.
އެހެން ގައުމުތަކާއި ރާއްޖެ ތަފާތުކުރާ ދޮންވެލި ތުނޑިތައް ޖަމާވެފައި ވަނީ ޕްލާސްޓިކު ފުޅިތަކާއި އެހެނިހެން ތަކެތިން ހެދިފައިވާ ފަރުބަދަތަކުންނެވެ. އެތަކެތި ދެން ކެހިގެން އޮޔާދަނީ ކަނޑަށެވެ. އަދި މި ކަމަށް މިހާތަނަށް އެއްވެސް ވަރެއްގެ ހައްލެއް ލިބިފައެއް ނުވެ އެވެ.
މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އަހުމަދާއި ކަނޑުއަޑީގެ މަންޒަރުތައް ނަގާ ފޮޓޯގްރަފަރު ކޮނޯ އެލެން ވަނީ ރަށުގެ ކައުންސިލާއި މޭޔާރު އިސްމާއިލް ރަފީގާ ގުޅިގެން ފުވައްމުލައް މެރިން ފައުންޑޭޝަންގެ ނަމުގައި ޖަމިއްޔާއެއް އުފައްދާފަ އެވެ.
މި ޖަމިއްޔާގެ ދަށުން ޕްލާސްޓިކްގެ އުފެއްދުންތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޖަމިއްޔާގެ މަސައްކަތާއެކު، އެރަށް އެތެރެކުރެވޭ ޕްލާޓިކްގެ އުފެއްދުންތައް އެއްކޮށްހެން މަދުކުރުމަކީ އެ ޖަމިއްޔާގެ މަގުސަދެކެވެ.
ކްލައިމެޓް ޗޭންޖް އެއީ އައިރު މުސްލިމުން ދައްކާ ބިދުވައެކޭ އެއީ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ ބިދުވައެކޭ
މިހާރު ފުވައްމުލަކު މީހުން ބިރު ގަންނަނީ މިޔަރު ދެކެއެއް ނޫން، ޕްލާސްޓިކް ދެކެ ކަމަށް ޑައިވަރުން ދައްކާ ވާހަކަ ތަކަކީ އެއީ ދެއުއިޅި އެއްނުވާ ކަނޑުކޮސް ވާހަކަ ތަކޭ ޕްލާސްޓިކް ގޮނޑު ދޮށަށް އަޅަނީ އެއީ މިއަރު ކަނޑުން އަރައިގެނެއް ނޫނޭ އެއީ ފުވައްމުލަކު މީހުން އަޅާ އެއްޗިއްސޭ ފުވައްމުލަކު މީހުން ނިކުމެ އެތަކެތި ނަގާ އެއްތަނަކަށް ޖަމާކޮށް އަންދާލުމުން އެކަން އެނިމުނީއޭ ޕްލާސްޓިކް އެއީ މިޔަރަށް ގެއްލުން ހުރި އެއްޗެއް ނޫނޭ ޕްލާސްޓިކަކީ އެއީ ކަނޑުގެ ސާރފޭސް މަތީގައި ދަތުރު ކުރާ އެއްޗެކޭ މިއަރަށްގެއްލުން
ތިޔައީ މިޔަރެއް ނޫން. ދޮގު ނުހަދާ ތެދުބަހުން ވާހަކަދައްކާ. ޝުކުރިއްޔާ
ތިމާވެށި މިނިސްޓްރީން ރިޝްވަތު ދީގެން ތިޔާ ގޮތަށް މާލޭ ތިލަފުށި ގޮނޑުވެސް ވަނީ ފެހިކޮށްފައޭ އެއީ ވެސް ބޮޑު ފޭކެކޭ އެއްކަމެއްވެސް ނުކުރެއޭ އޭޑީބީ ލޯން ގައި ލިބުނު ފައިސާ ގަނޑު ބަނޑު އަޅާލާ ތިމާވެށި މިނިސްޓަރު މާލޭން 10 ގޯއްޗޭ ގަތީ އެއީ ކޮންތާކުން އެމެން ހޯދާ ފައިސާތޭ ޕްލާސްޓިކޭ މުންޖޭ ނުކިޔާ ފުރަތަމަ ތިމާވެށި މިނިސްޓަރު މާލޭގެ މަގުމަތީގައި ހުރި ކުނި ކޮތަޅު ތައް ނަގާބަލަ މާތާހިރުވާނެ އެއް ނޫންތޭ އެކަން ތަމެން ކުރިއްޔާ އިނގޭތޭ ކޮން ޕްލާސްޓިކެއްތޭ ޕްލާސްޓިކް އިން ތިމާވެއްޓަށް އެއްވެސް ގެއްލުމެއް
މިއަރު ގައި ގައި ޕްލާސްޓިކް ވާ ނޯޅޭނެއެ އެއީ ދޮގެކޭ މިހާރުވެސް ތިޔާ ފޮޓޯ އިން ތިޔާ ފެންނަނީ އެއީ ފޮޓޯ ޝޮޕް އިން ތައްޔާރުކޮށްފައިވާ ފޭކް އެއްޗެކޭ ގުރުރަތީ ގޮތުން އެސޮރު މެން ލައްވަވާފައިވަނީ އެފަދަ ތަކެތިން އެސޮރުމެން އަމިއްލަ އަށް ސަލާމަތް ވުމުގެ ގާބިލް ކަން ލިބިގެންނޭ ދެން ޕްލާސްޓިކޭ ކިޔާ ތިމާވެށި މިނިސްޓަރު އަޑީގައި ހުރެގެން ރާއްޖެތެރޭ ނިކަމެތިން ލައްވާ ފޭކް ގޭމްސް ތަކޭ ޕްލާސްޓިކަކީ އެއީ ތިމާވެއްޓަށް ގެއްލުން ހުރި އެއްޗެއް ނޫނޭ ސައެންޓިފިކް އެއްވެސް ދަލީލެއް ނެތޭ އެކަމުގައި ދެއްކިފައި