މާލޭގެ ގެއެއްގައި ރޯވެއްޖެ ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވަނީ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން އަލިފާން ނިއްވަން، އެ އިމާރާތް ހުރި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އަލިފާން ރޯވެފައިވާ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެފައިވާއިރު، އަލިފާން ރޯވެފައި ވަނީ އަމީނީމަގު ސީގަލް ސްޓޯރު ހުންނަ ސަރަހައްދުގައިވާ ގެއެއްގަ އެވެ.
ދުމުގެ އަސަރު ކޮންމެ ވެސް ވަރަކަށް އެންއެންޑީއެފުން ކަންޓްރޯލްކޮށްފައިވާއިރު، އެ އިމާރާތުގައި ރޯވެފައިވަނީ އެންމެ މަތީ ފަންގިވިލާގަ އެވެ. އަދި އެ އިމާރާތުގެ ކުޑަދޮރުތަކުގައި ވަރަށް ބޮޑަށް ރޯވެފައިވެ އެވެ. އަދި ރޯވި އިމާރާތުގެ ކައިރީގައިވާ އެއްވެސް އިމާރާތަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އަލިފާން ރޯވި ވަގުތު އެއްވެސް މީހަކު އެ އިމާރާތުގައި ނެތްއިރު، އަލިފާން ރޯވީ ކޮން ސަބަބަކާއި ހުރެ ކަމެއް އެންއެންޑީއެފުން ހާމަކޮށްފައެއް ނުވެ އެވެ. --- ތަފްސީލު އަންނަނީ
ކަސްރަތަށްފަހު "ޕްރޮޓީން ޝޭކް"އެއް ހަމަ ބޭނުން ވޭތަ؟
ފުވައްމުލަކުގައި އެކްސިޑެންޓެއް: ދެ ކާރާއި ސައިކަލަކަށް ގެއްލުން
ކަސްރަތު: ދާހިއްލުމަކީ ސަރުބީ ވިރޭކަން އަންގައިދޭ ކަމެއް ނޫން!
