މިދިޔަ އަހަރު ރާއްޖެއަށް އައި ބޭރުގެ ސީދާ އިންވެސްޓްމެންޓްތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން މިކަން ހާމަކޮށްފައި ވަނީ އެ އިދާރާއިން ގައުމުތަކުގެ ދަރަނީ ހާލަތު އަންގައިދިނުމަށް ނެރެފައިވާ އިންޓަނޭޝަނަލް ޑެޓް ސްޓެޓިސްޓިކްސް ރިޕޯޓްގަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި)ގެ ގޮތުގައި ރާއްޖެއަށް މިދިޔަ އަހަރު ލިބުނު އިންވެސްޓްމަންޓްގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 63 ޕަސަންޓް ދަށެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެފްޑީއައިގެ ގޮތުގައި ލިބފައިވަނީ 348 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެވެ. މިއީ އޭގެ ކުރިއަހަރާ އަޅާބަލާއިރު 63.6 ޕަސަންޓްގެ ބޮޑު ދަށްވުމެކެވެ.
މި ރިޕޯޓްގައި ވާގޮތުން ސައުތު އޭޝިއާ އަށް ބަލާއިރު ޗައިނާ އަށް އެންމެ ބޮޑަށް ދަރާފައި ވަނީ ރާއްޖެ އާއި ޕާކިސްތާނާއި ސްރީލަންކާ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން 2011 ވަނަ އަހަރާ ހަމައަށް ޗައިނާގެ ބޭންކުތަކުން ލޯނު ނެގި އަދަދު ހުރީ 4.7 ބިލިއަން ޑޮލަރުގަ އެވެ. ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 90 ޕަސެންޓަށް އުފުލިފަ އެވެ.
ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވި ގޮތުގައި، ދަރަނި އަދާކޮށް، ދަރަނި މެނޭޖްކުރަން ގައުމުތަކުން މިހާރަށް ވުރެ ހަރުދަނާ އުސޫލެއް ގެންގުޅެން ޖެހެ އެވެ.
ޗައިނާގެ ދަރަނި ބޮޑު ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓް ކޮށްފައިވާއިރު މިސަރުކާރު ވެރިކަމަށް އައިފަހުން އެންމެ ގިނަ ދަރަނި ނަގާފައިވަނީ އިންޑިޔާއިންނެވެ. އެގޮތުން ރިކަރަންޓް ބަޖެޓް ފޫބެއްދުމާއި މުވައްޒަފުންނަށް މުސާރަ ދިނުންފަދަ ކަންކަމަަށް ވެސް އިންޑިއާއިން ދަރަންޏަށް ފައިސާ ނަގާފައިވެ އެވެ. އަދި މިސަރުކާރުން ވަނީ ގިނަ ބަޖެޓް ފޫބެއްދުމަށް ވަރަށް ގިނަ ތަންތަން ރަހުނު ކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓަރު މައުސޫމު ފެއިލްވީއޭ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ