ތެލުގު މަޝްހޫރު އެކްޓަރު އަލޫ އަރުޖުންގެ "ޕުޝްޕާ" ގެ ފުރަތަމަ ބައި ޑިސެމްބަރު މަހު 17 ރިލީޒް ކުރުމަށް ނިންމައިފި އެވެ.

ކޮވިޑަށް ފަހު ސައުތު އިންޑިއަން ސިނަމާތަކުގައި އަޅުވާ ފުރަތަމަ ފިލްމަކަށް އަލޫ އަރުޖުންގެ "ޕުޝްޕާ" ވެގެންދާއިރު މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

މިހާރު ވެސް ޝޫޓީންތައް ކުރިއަށްދާއިރު "ޕުޝްޕާ"ގެ ފުރަތަމަ ބައިގެ ޝޫޓިން އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ނިންމާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިފިލްމު އުފައްދާ ފަރާތްތުން މިހާރުވެސް މިފިލްމުގެ ޓްރެއިލާ ނެރެފައިވާއިރު ޓްރެއިލާއަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

އަދި މީގެ އިތުރުން މިފިލްމުގައި ހިމެނޭ ލަވައެއް ކަމަށްވާ "ސިރިވަލީ" ނެރެފައިވާ އެ ލަވައަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

https://www.youtube.com/watch?v=5IEbR79kBPY

މި ފިލްމްގެ ހާއްސަކަމަކީ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އިންޑިއާގެ ފަސް ބަހަކުން ކަމަށްވާތީ އެވެ. އެއީ ހިންދީ, ތެލުގޫ، ތަމިލް، މަލަޔާޅަމް، ކަންނަޑާ މި ފަސް ބަހެވެ.

https://www.instagram.com/p/CSdr7CYnVIX/

"ޕުޝްޕާ" މި ފިލްމަކީ އައްލޫ އަރްޖުން އާއި ޑައިރެކްޓަރު ސުކްމާރްއެކުގައި މަސައްކަތްކުރާ ތިންވަނަ ފިލްމެވެ. ކުރިން ސުކްމާރްއާއެކު އަރްޖުން މަސައްކަތް ކޮށްފައި ވަނީ 2004 ވަނަ ނެރުނު ފިލްމު "އާރްޔާ" އާއި 2009 ވަނަ އަހަރު ނެރުނު "އާރްޔާ" ފިލްމުގެ ދެވަނަ ބައިގަ އެވެ.

ފިލްމުގެ އަންހެން ލީޑްރޯލުން ފެނިގެންދާނީ ރަޝްމިކާ މަންޑަންނާ އެވެ.

މީގެ އިތުރުން ޖަގަޕަތި ބާބޫ، އަނަސުޔާ ބަރަޑްވާޖް، ވިނެއްލާ ކިޝޯރް ތަފާތު ރޯލު ތަކުން ފެނިގެންދާނެ އެވެ. މި ފިލްމުގައި އެންޓަގޮނިސްޓެއްގެ ގޮތުގައި ފަހަދް ފާސިލް ފެނިގެންދާނެ އެވެ.

މިއީ ފަހަދް ފާސިލްގެ ތެލުގޫ ފުރަތަމަ ފިލްމެވެ.