އިންޑިއާގައި ސީޕްލޭންގެ ހިދުމަތް އަލަށް ފަށަން، ސްޕައިސް ޖެޓް އެއާލައިނަށް މޯލްޑިވިއަންގެ ބޯޓެއް ކްރޫންނާއެކު ޗާޓަރަށް ދީފި އެވެ.

ސްޕައިސްޖެޓުން އިންޑިއާގައި ސީޕްލޭންގެ ޚިދުމަތް ތައާރަފްކުރަން ނިންމާފައި ވަނީ ސަރުދާރު ވައްލާބާއި ޕަޓޭލްގެ އުފަން ދުވަހާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހު އެވެ.

އިންޑިއާގެ ޔުނިއަން މިނިސްޓަރު މަންސޫޚު މަންޑަވިއާ އާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ ސްޕައިސް ޖެޓުން ސީޕްލޭންގެ ހިދުމަތް ދިނުމަށް ރާއްޖެއިން ބޯޓެއް ގަތުމުގެ މަސައްކަތް ސްޕައިސްޖެޓުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "ހުރިހާ"އަށް ވިދާޅުވީ އެ ކުންފުނީގެ ބޯޓެއް ސްޕައި ޖެޓަށް ވިއްކާ ނުލާ ކަމަށެވެ. އަދި އެއީ ޗާޓަރު ދަތުރުތަކެއް ކުރަން ބޯޓެއް އިންޑިއާ ފޮނުވާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ވިއްކާލި ސީޕްލޭން މިއަދު ހެނދުނު ވަނީ ހދ. ހަނިމާދޫން އިންޑިއާގެ ކޮޗިންއަށް ވަނީ ފުރައިފަ އެވެ.

މޯލްޑިވިއަން އިންޑިއާގެ ސްޕައިސްޖެޓަށް ޗާޓަށް ދިން ބޯޓު ތެޔޮ އަޅަން މިއަދު ކޮޗިންގެ ވެންދުރުތީ ޗެނަލްއަށް ޖައްސާފައި.

އެ ކުންފުނިން ސީޕްލޭން ހިދުމަތް ދޭން ނިންމާފައި ވަނީ އަހުމަދު އާބާދުގެ ސަބަރުމަތީ ރިވަ ފްރަންޓާއި ގުޖުރާތުގެ ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީ އާ ދެމެދު އެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވައުދެކެވެ.

ސްޕައިސް ޖެޓުން ބުނީ އެ ކުންފުނިން ނިންމާފައި ވަނީ ދުވާލަކު 8 ދަތުރުކުރަން ކަމަށެވެ. މި ދަތުރުތަކުގައި ބޮލަކަށް ނެގުމަށް ހަމަޖެހިފައި ވަނީ 4،800 އިންޑިއަން ރުޕީސް އެވެ.

ކޮވިޑާ ގުޅިގެން ޓޫރިޒަމަށް އައި ހީނަރުކަމާ ގުޅިގެން މޯލްޑިިވިއަންގެ ސީޕްލޭން ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެ ކުންފުނީގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް 15 މީހުންގެ ޖާގައިގެ ޑީއެޗްސީ -6 މަރުކާގެ ޓުވިން އޮޓާ 11 ބޯޓު އޮވެ އެވެ.

އެޑިޓަރުގެ ނޯޓް: އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށަން މޯލްޑިވިއަންގެ ބޯޓެއް ގަންނަނީ ކަމަށް އިންޑިއާގެ މިނިސްޓަރަކާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވީ ނަމަވެސް އެކަން މޯލްޑިވިއަން އިން ދޮގުކުރުމުން ކުރިން ޝާއިއުކުރި ޚަބަރު ވަނީ އިސްލާހުކޮށްފަ އެވެ.