ކަޅުސަޔަކީ ކެއުމާއެކު ދިވެހިން އާއްމުކޮށް ބޭނުން ކުރާ ބުއިމެކެވެ. ފަހަރުގައި އެއިން ލިބޭ ފައިދާ ނޭނގުނު ނަމަވެސް ރަހަ މީރު ބުއިމަކަށް ވާތީ މިއީ ދިވެހިންގެ މެދުގައި މަގުބޫލް ވެސް ބުއިމެކެވެ.
ކަޅުސަޔަކީ އެއިން ގިނަ ފައިދާތަކެއް ލިބިދޭ ބުއިމެކެވެ. އަހަރެމެންގެ ހަށިގަނޑަށް ބޭނުވާ މާއްދާތަކުގެ އިތުރުން އެކި ބަލިތަކުންވެސް ދުރު ކޮށްދޭ ބުއިމެއް ވެސްމެ އެވެ.
އެގޮތުން ކަޅު ސައިން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދީ ހިތުގެ ބަލިތަކުން ދުރުކޮށްދެ އެވެ. އަދި ހާޓް އެޓޭކް ޖެހުމުން ވެސް ދުރުކޮށްދެ އެވެ.
މީގެ އިތުރުން ބަރުދަން ލުއިކުރަން މަސައްކަތް ކުރާ ކުރާ ފަރާތްތަކަށްވެސް ކަޅު ސަޔަކީ ވަރަށް ފައިދާ ހުރި ބުއިމެކެވެ. އެގޮތުން ކަޅުސައި ބޭނުން ކުރާއިރު ހަކުރުގެ ބަދަލުގައި މާމުއި ބޭނުން ކުރުމުން ބަރުދަން ލުއިކުރަން ވެސް އެހީވެދޭ ބުއިމެއް ފަސޭހައިން ތައްޔާރު ކުރެވުނީ އެވެ.
މީގެ އިތުރުން ކެންސަރު ޖެހުމާއި ލޭ ދައުރު ކުރުމަށް ދިމާވާ މައްސަލަ ތަކުންވެސް ދުރުވެ ތިބުމަށް ވެސް މި ބުއިން އެހީވެދެ އެވެ. ކަޅުސައިގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްއިން ލޭދައުރު ކުރުމުގެ މައްސަލަތައް ހައްލު ކުރުމަށް އެހީވެދޭ އިރު. ސައިގައި ހިމެނޭ ޓީއެފް 2އިން ކެންސަރު ސެލްތައް ނައްތާލުމަށް އެހީވެދެ އެވެ.
ބައްޔެއްގެ ސަަބަބުން އުއްމީދީ ތަރިއެއްގެ ނިމުން އައި ގޮތް!
އެންމެ ދެ މިނެޓު ތެރޭގައި ނިދޭނެ އުކުޅެއް!
ރިވިއު: "ޕަރީ"އަކީ ދިވެހި ފިލްމުތަކަށް މުޅިން ތަފާތު ރަހައެއް!