މަޝްހޫރު ސީރީޒް "ފްރެންޑްސް"ގައި ގުންތާގެ ރޯލުން ފެނިގެންދިޔަ ޖޭމްސް މައިކަލް ޓައިލާ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެ އެވެ.
ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ދަނިކޮށް ޖޭމްސް މަރުވެފައިވަނީ އުމުރުން 59 އަހަރުގައި އެވެ.
ޖޭމްސްއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފައި ވަނީ މިއަހަރުގެ ޖޫންމަހު ''ޓުޑޭ'' އަށް ދިން އިންޓަވިއުއެއްގަ އެވެ.
ޖޭމްސް އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ އަންނަނީ ސެޕްޓެމްބަރު 2018 އިން ފެށިގެން ކެންސަރުގެ ސްޓޭޖް ހަތަރަކަށް ފަރުވާ ހޯދަމުންނެވެ.
ޖޭމްސް މަޝްހޫރުވެފައި ވަނީ ފްރެންޑްސްގެ 10 ސީޒަންގައި އޭނާ ދައްކާފައިވާ މޮޅު އެކްޓިން ސަބަބުންނެވެ.
ޖޭމްސް އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ "ފްރެންޑްސް ރީޔޫނިއަން" ގައި ހާއްސަ ފެނިލުމަކުން ފެނިލަން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތު އެކަމަށް ތަން ނުދިނުމުގެ ސަބަބުން ވާޗުއަލް ޒޫމް ކޯލެއްގެ ޒަރީއާއިން ޝޯގައި ބައިވެރިވެފައިވާ ވާނެ ކަމަށް އޭނާ ބުންޏެވެ. ވާޗުއަލްކޮށް ނަމަވެސް ޝޯގައި ބައިވެރިވެވުމުން ޖޭމްސް ހުރީ ވަރަށް އުފަލުންނެވެ.
ތާރީހުގެ އެންމެ ބޮޑު ވޯލްޑް ކަޕް ފަށައިގެން ކުރިއަށް!
ބަލި ގަބޫލުކުރައްވައި މީކާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
ކޯމާގައި އޮންނެވުމަށްފަހު ތައިލޭންޑްގެ އަމީރާ އަވަހާރަވެއްޖެ
ފްރެންޑްސްގެ ތަރި ޖޭމްސް ކެންސަރާ ހަނގުރާމަކުރަނީ