މިއަދު ޓެސްޓް ކުރި 3،685 ސާޕަލްގެ ތެރެއިން 173 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިރުއޮއްސި 6:00 އާ ހަމައަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،685 ސާޕްލް ޓެސްޓް ކޮށްފައިވާއިރު، އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 173 މީހުންނެވެ. އެއީ ގްރޭޓާ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 27 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 137 މީހަކު އިތުރުން ރިސޯޓްތަކުން ނުވަ މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 87،359 މީހުންނަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،651 މީހުންނެވެ. މިހާތަނަށް 85،453 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 26 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިބަލީގައި މިހާތަނަށް 242 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.