ތިމާވެށީގެ ޚާއްސަ ސަމިޓަށް ދުނިޔޭގެ ވެރިން ސްކޮޓްލޭންޑްގެ ގްލާސްގޯއަށް ހާޒިރުވެ މަޝްވަރާތަކެއް ދަނީ ކުރެވެމުންނެވެ. ދުނިޔޭގެ ހޫނު މިން މައްޗަށް ދިޔުމުގެ ސަބަބުން އުފެދެމުންދާ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކަ އެވެ.
ދުނިޔޭގެ ސަތޭކަ އެތައް ގައުމަކުން ތަފާތު އެއްބަސްވުންތަކުގައި މިހާރު ވެސް ސޮއިކޮށްފި އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އެތައް އެއްބަސްވުމެއް އެކުލަވާނެ އެވެ. މި ބައްދަލުވުން ހޯސްޓްކުރާ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މި ސަމިޓުގެ ކުރިން ވިދާޅުވެފައި ވަނީ ދުނިޔޭގެ ހޫނު މިން 1.5 ޑިގްރީއަށް ތިރިކުރުމަށް ލިބޭ ތިންވަނަ ފުރުސަތު ވެސް ދުނިޔޭގެ ވެރިން ފެއިލްވުން ގާތް ކަމަށެވެ.
ދުނިޔޭގެ ވެރިން އެއްތަނަކަށް އެއްވެ ތިމާވެށީގެ މައްސަލަތަކުގައި އެއްގަލަކަށް އެރުމަށް މަސައްކަތް ކުރަމުން މިގެންދަނީ ބޮޑެތި ގައުމުތަކުގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކާ މެދު އާދަޔާ ޚިލާފު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް ފަހު ފްރާންސާއި އިނގިރޭސި ވިލާތުގެ މެދުގައި އުފެދިފައި އޮތް ދެގައުމު ގުޅިފައިވާ ސަރަހައްދުން މަސްވެރިކަން ކުރުމާ ބެހޭ މައްސަލަ ހައްލު ނުވެ އޮތީ ހޫނުވެފަ އެވެ. ސަމިޓު ފެށުނުއިރު ފްރާންސުން ވަނީ އިނގިރޭސި ބޯޓެއް ހިފަހައްޓައި މައްސަލަ ކޯޓަށް ވައްދާފަ އެވެ.
ފްރާންސާއި އޮސްޓްރޭލިޔާގެ ވެރިން އެއްބޭފުޅަކު އަނެއް ބޭފުޅާކަށް ވައްބަހުން ފުރައްސާރަ ކުރައްވަނީ އެވެ. މައްސަލައަކީ ފްރާންސާއެކު ވެފައި އޮތް ސަބްމެރީން ކޮންޓްރެކްޓް އުވާލައި އޮސްޓްރޭލިއާއިން އެމެރިކާ އާއި އިނގިރޭސި ވިލާތާ ގުޅިގެން ސަބްމެރިން އުފެއްދުމުގެ އެއްބަސްވުމެއް އެކުލަވައިލުމެވެ.
ޗައިނާގެ ކުރިއަރަމުން އަންނަ އިގްތިސާދީ ބާރު ހުއްޓުވޭތޯ ހުޅަނގުން އަންނަނީ ކުރެވުނު ކޮންމެ ކަމެއް ކުރަމުންނެވެ. ދުނިޔެއަށް ދިމާ ވަމުންދާ ނުތަނަވަސްކަމުގެ ތެރެއިން ހަމަ ޖެހުމުގެ ނޭވާއެއް ލުމަށްޓަކައި ޖަޕާނުން ދަނީ އެގައުމުގެ ޑިފެންސް ބަޖެޓް ބޮޑުކޮށް ހަތިޔާރު އުފެއްދުން އިތުރު ކުރުމަށް ތައްޔާރު ވަމުންނެވެ.
އެމެރިކާއަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ފްރާންސާ ޖަރުމަނުން ގެންދަނީ އީޔޫގެ އަމިއްލަ ދިފާއީ ބާރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ނުތަނަވަސްކަމުގައި ތިމާވެށީގެ ސަމިޓް ބޭއްވޭއިރު ސަމިޓަށް އެންމެ މުހިންމު ދެ ގައުމު ކަމަށްވާ ޗައިނާ އާއި ރަޝިޔާގެ ލީޑަރުން ހާޒިރެއް ވެސް ނުވެ އެވެ. ހަމަ އެފަދައިން ޖަޕާނާއި ބްރެޒިލާއި ތުރުކީގެ ވެރިން ސަމިޓަށް ހާޒިރު ނުވުމުން ސަމިޓުގެ ހައިބަތު ވަރަށް ބޮޑަށް ކުޑަވެ އެވެ. އެހެންކަމުން މި ސަމިޓް ވެސް ވެގެންދާނީ މީގެ ކުރިން ވެސް ބޭއްވި މިފަދަ ސަމިޓްތަކެކޭ އެއްފަދައިން އެއްބަސްވުންތަކެއްވުމަށް ފަހު އެއަށް އަމަލު ނުކުރެވޭނެ ސަމިޓަކަށް ކަމަށް ތަޖުރިބާ ކާރުން އަންނަނީ ބުނަމުންނެވެ.
ތިމާވެށީގެ ސަމިޓުގައި މިހާތަނަށް ވަނީ ފާހަގަ ކޮށްލެވޭ ދެ އެއްބަސްވުމެއްގައި ސަތޭކަ އެއްހާ ގައުމަކުން ސޮއިކޮށްފަ އެވެ. ފުރަތަމަ އެމެރިކާ ސްޕޮންސާކޮށްގެން އެކުލަވާލި އެއްބަސްވުމަކީ މިތޭން ގޭސް ޖައްވަށް ދޫކުރާ މިންވަރު މަދު ކުރުމާބެހޭ އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުމަކީ އިނގިރޭސިބވިލާތުން އެކުލަވާލައި ގައުމުތަކުން ސޮއިކުރި ދުނިޔޭގެ ޖަންގަލިތައް ކޮށުން ހުއްޓުވުމުގެ އެއްބަސްވުމެވެ.
ޖަންގަލިތައް ކޮށުން ހުއްޓުވުމާއެކު މިހާތަނަށް ނެތިކޮށްފައިވާ ޖަންގަލިތައް އަލުން 2030 ވަނަ އަހަރުގެ ކުރިން އަލުން އިއާދަކުރުމުގެ ބޭނުމުގައި އެކުލަވާލި މި އެއްބަސްވުމަށް 14 ބިލިއަން ޕައުންޑު ޚަރަދުކުރުމަށް ވަނީ ނިންމައިފަ އެވެ. ފައިސާގެ ބޮޑެތި އަދަދުތަކެއްގެ ވާހަކަ ދެކެވޭ މި އެއްބަސްވުންތަކުގައި ޗައިނާގެ ސޮއި އޮތުން މުހިންމުވާއިރު އެފަދަ ސޮޔެއް ލިބިދާނެތޯ ފާޑު ކިޔާ ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަ ނަމަ ވެސް އެއްބަސްވުން ނިމުމަކާ ހަމަޔަށް އައިއިރު ޗައިނާއިން ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އިނގިރޭސި ބޮޑު ވަޒީރު ޖޯންސަން ވިދާޅުވި ގޮތުގައި ދުނިޔޭގެ ގައުމުތަކުން މި އެއްބަސްވުމަށް ފުރިހަމަޔަށް އިހުތިރާމްކުރުމަކީ މުހިންމު ކަމެކެވެ. އަދި އެކަން އެގޮތަށް ވޭތޯ އިނގިރޭސި ވިލާތުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ އެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ސިފަކުރާ ގޮތުގައި މި އެއްބަސް ވުމަކީ އޭގެ ޒާތުގައި ކިތަންމެ މުހިންމު އެއްބަސްވުމަކަށް ވިޔަސް އޭގެ ފައިދާ ކުރާނެކަމާ މެދު ޝައްކެވެ. ސަބަބަކީ މިފަދަ އެއްބަސްވުންތައް މީގެ ކުރިން ވެސް ވެވިފައިވާތީ އެވެ. 2014 ވަނަ އަހަރު ނިއުޔޯކުގައި ވެފައިވާ މިފަދަ އެއްބަސްވުމަކަށް ވެސް މާބޮޑު އަމަލީ ސިފައެއް އައިސްފައި ނުވާކަމީ އެފަރާތްތަކުން މާޔޫސްވާން ޖެހޭ ސަބަބެވެ.
ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި މި އެގްރިމެންޓުގެ 14 ބިލިއަން ޕައުންޑުގެ ކޮންމެ ވެސް މިންވަރެއް ދުނިޔޭގެ ކުދި ގައުމުތަކަށް ދާނެ އެވެ. އެ ގައުމުތަކަށް ދިމާވެފައިވާ ތިމާވެށިގެ ބައެއް ގެއްލުނަތައް އިއާދަކުރުމަށް މި ފައިސާ ބޭނުން ކުރެވޭނެ އެވެ.
ކުދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަމިޓަށް ވަޑައިގެންނެވީ ދުބާއީ އެކްސްޕޯގައި ރާއްޖޭގެ ރަށްތައް ވިއްކުމުގެ ސޭލެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހުގަ އެވެ. އެފަދަ ރަށްތައް ދިގު މުއްދަތަކަށް ވިއްކާލަން ނިންމައިފައިވާއިރު ސަމިޓުގައި ރައީސް ސާލިހު ވިދާޅުވީ ރާއްޖެއޮތީ ނެތި ދިއުމުގެ މަގުމަތީގައި ކަމަށެވެ.
އެމަނިކުފާނު ޝަކުވާ ކުރެއްވީ ތިމާވެށީގެ މައްސަލަތަކުން އަރައިގައތުމަށް ބޭނުންވާ ފައިސާ ނުލިބިގެންނެވެ. ރާއްޖެއިން ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި ދެވަނަ ލީޑަރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވަނީ އިންޑިއާއިން ދުނިޔެ ސަލާމަތް ކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށް ވިދާޅުވެ، ބޮޑުވަޒީރު ނަރެންދުރަ މޯޑީއަށް ތައުރީފުކުރައްވައި ޓުވީޓެއް ވެސް ކުރައްވައިފަ އެވެ. ދުނިޔޭގެ އެންމެ ގިނައިން ވިހަގޭސް ބޭނުންކުރާ ތިންވަނަ ގައުމު ކަމަށްވާ އިންޑިޔާއިން އެ ގައުމު ވިހަ ގޭސް ބޭނުން ކުރެވޭ މިންވަރު ނެޓްޒީރޯ އަށް ގެނެވޭނީ 2070 ވަނަ އަހަރުގައި ކަމަށް ބުނުންވީ ދުނިޔޭގެ ލީޑަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނެސްދިން ކަމަކަށެވެ. ކާބަން ނެޓްޒީރޯއަށް ގެނައުމަށް ބޮޑެތި ގައުމުތަކުން އަމާޒު ހިފައިފައި ވަނީ 2030ގެ ނިޔަލަށެވެ.
ސަމިޓު ކުރިޔަށް ދާއިރު ބޭރުގައި އަޑު އުފުލަމުނަގެންދާ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ސްވިޑަންގެ ގްރެތާ ތަންބާގް ބުނި ގޮތުގައި ކިރިޔާ ވެސް ކަމެއްވާނީ އެ މީހުންގެ ހަރަކާތުންނެވެ. ދުނިޔޭގެ ލީޑަރުންގެ "ބްލާ ބްލާ ބްލާ" އަކީ ބޭކާރު އަނގަތެޅުމެކެވެ.
މާލެ އަކީ އެއީ ސާފު ތާހިރު ތަނަކަށް މުޑުދާރު އައްޑޫ ހުޅުދޫން އައިސްފައިވާ އައްޑޫ އަންހެނަކަށް ނޭގި އޭނާ އަށް އެކަން ނުވުމުގެ ސަބަބުން ރައީސް އިބޫގެ ވެރިކަމުގައި ތިމާވެށި މިނިސްޓަރުކަން ދީފައިވާ ކަނޑުކޮސް އައްޑޫ ޝައުނާ އިސްތިއުފާ ދޭންވީއޭ އައްޑޫ ޝައުނާ އިސްތިއުފާ އައްޑޫ ޝައުނާ އިސްތިއުފާ އައްޑޫ ޝައުނާ އިސްތިއުފާ އައްޑޫ ޝައުނާ އިސްތިއުފާ އައްޑޫ ޝައުނާ އިސްތިއުފާ އައްޑޫ ޝައުނާ އިސްތިއުފާ އައްޑޫ ޝައުނާ އިސްތިއުފާ އައްޑޫ ޝައުނާ އިސްތިއުފާ އައްޑޫ ޝައުނާ އިސްތިއުފާ އައްޑޫ ޝައުނާ އިސްތިއުފާ
ތިމާވެށި ސަމިޓް އިން އެއްވެަސް ކަމެއް ހާސިލް ނުވާނެއޭ ތިޔާއީ ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުކޮށްގެން ތިމާވެށި މިިނިސްޓަރާއި ރައީސް އިބޫ އާއި ކެނެރީގެ ނަޝީދު އެންޖޯއި ކޮށްލަން ކުރާ ކަމެކޭ ފުރަތަމަ ލޯކަލް ލެވެލް ގައި ތިމާވެށި ހިމާޔަތް ކުރަންވީ ނޫންތޭ މާލޭގެ މަގުމަތީގައި ހުރި ކުނި ތަކާއި އަދި އިންޑަސްޓްރިއަލް ސައިޓަށް ދާ މަގުގައި ހުރި އުކާލާފައިވާ ވެހިކަލްސް ތައް ނަގާ މާލޭގެ ތިމާވެށި ފުރަތަމަ ސާފު ތާހިރު ކޮށް ބާއްވަބަލަ މާލޭގެ މަގުމައްޗަކީ މިހާރު އައްޑޫ ހުޅުދޫ މަގުތައް ގޮތަށް މުޑުދާރު މަގުތަކަށް