ގްލާސްގޯ (ނޮވެމްބަރު 4)- އެމެރިކާ އާއި އިތުރު 20 ގައުމަކުން އަންނަ އަހަރުން ފެށިގެން ތެލުން ހަކަތަ މަޝްރޫއުތަކަށް ހަރަދުކުރުން ހުއްޓާލަން އެއްބަސްވެއްޖެ އެވެ.
ތެލުން ހަކަތަ އުފައްދަން ހިންގާ މަޝްރޫއުތަކަށް ކަނޑައެޅި 81 ބިލިއަން ޑޮލަރު ދެން ހަރަދުކުރާނީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަކަށް ވެސް ނިންމާފައިވެ އެވެ.
މި ވައުދަކީ، ބޯޓު ދެލިން ހަކަތަ އުފެއްދުމަށް ހަރަދުކުރުން ހުއްޓާލަން އިތުރު ގައުމުތަކުން އެއްބަސްވިތާ އެއްދުވަސް ފަހުން ނިންމި ނިންމުމެކެވެ.
ގްލާސްގޯގައި ބޭއްވި އދ.ގެ މޫސުމާބެހޭ ބޮޑު ކޮންފަރެންސެއްގައި، ތެލަށް އާންމުން ކުރާ ހޭދަ ކުޑަކުރުމަށް ނިންމި ނިންމުމުގެ ސަބަބުން، ބައިނަލްއަގުވާމީ ތަރައްޤީގެ ބޭންކްތަކާއި، ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ހިންގާ ތެޔޮ ނަގަން ހިންގާ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް އިތުރު ހުރަހެއް އެޅިގެންދާނެ އެވެ.
"މި ނިންމުމާ ގުޅިގެން ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ހަކަތައަށް ސީދާކުރާ ހަރަދު އަދި ޕަބްލިކް ފައިނޭންސްގެ ސަބަބުން އޮންނަން ޖެހޭނީ ސާފު އަދި ފެހި ސަރަހައްދެއްގެ ގޮތުގައި،" އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓްގެ ކްލައިމެޓް ކައުންސެލަރު ޖޯން މޯޓަން ބުރާސްފަތި ދުވަހު މި އިނީޝިއޭޓިވް އިއުލާން ކުރައްވަމުން ވިދާޅުވި އެވެ.
މި އާ ފިޔަވަޅުތަކަކީ، ދުނިޔެ ހޫނުވުމުގެ ސަބަބުން ބަދަލުވަމުން އަންނަ މިސްރާބަށް މާނަވީ ބަދަލެއް ގެނެވިދާނެ ކަމެއް ކަމަށް އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ) އިން ބުންޏެވެ.
އައިއީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު ފާތިހް ބިރޯލް ބުރާސްފަތި ދުވަހު ވިދާޅުވީ އާ ލަނޑުދަނޑިތައް "ފުރިހަމަ އަށް އަދި ކަނޑައެޅިފައިވާ ވަގުތުގައި ހާސިލުކުރެވިއްޖެ ނަމަ، މި ގަރުނު ނިމުމުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން 1.8 ޑިގްރީ ސެލްސިއަސް އަށް މަތިވުން ހިފެހެއްޓުމަށް އެ ވަރުން ފުދޭނެ" ކަމަށެވެ. -- އޭޕީ
ތެލުން ހަކަތަ އުފެއްދުމަކީ އެއީ އެއްގޮތަކަށް ވެސް ތިމާވެއްޓަށް ގެއްލުން ހުރި ކަމެއް ނޫނޭ އެއީ ދައްކާ ރޯބުހުތާނު ދޮގޭ ދުނިޔޭގެ ސައެންސް ކޮމިއުނިޓީން އެކަން ގަބޫލުނުކުރެއޭ ތެލުން ދުން އެރުން އެއީ އިންޖީނުތަކުގެ ކޮމްބަސްޓަން ޕްރެޝަރ ރިލީޒް ވުމުން އުފެދޭ އެއްޗަކަށް ވާއިރު ދުން އެބްޒޯބް ކުރާނެ ސައިލެންސަރސް ތައް އެއިންޖިނިއަރިންގް އެބަހުއްޓޭ އެކަމަކު ދުނިޔޭގެ އިންޑަސްޓްރީސް ތަކުން އެކަމަށް ސަމާލު ކަން ނުދެނީ އެއީ އިކްއިޕްމެންޓްގެ އަގުބޮޑުވާނެތީއޭ އެނޫންނަމަ ކާރބަން އެބްޒޯބް ކުރެވޭނެއޭ ތެޔޮ އެއީ
ތިޔާއީ ކަނޑުގައި އަޅާލާ ރޮނގު އެމެރިކާ ގެވކުންފުނި ތަކާއި ޗައިނާގެ ކުންފުނި ތައް ތިޔާ ކަމަށް ތަބާ ނުވާނެ ކަން އެއީ ޔަގީންވެ ކަޝށަވަރުވާ ކަމެކޭ ރިނަވަބްލް އެނަރޖީ އަކީ އެއް ގޮތަކަށްވެސް އިތުބާރުކުރެވޭ އެނަރޖީ އެއް ނޫނޭ ދުނިޔެ ހޫނު ވުން އެއީ އޮންނަ އެއްޗެއް ނޫނޭ އެއީ ބަޔަކު ގޮވާ ކަނޑުކޮސް ގޮވުން ތަކޭ އިނގޭތޭ...