ހއ. ދިއްދޫ ފަޅަށް ވަތް ރާގޮނޑި އައިނުން 9،000 ވުރެ ގިނަ ރާގޮނޑި ހިފައިފި އެވެ.
ދިއްދޫ ހުޅަނގު ފަރާތުން އަލަށް ހިއްކި ސަރައްދުގެ ފަޅަށް މިއަދު އެގާރަ ޖަހާކަންހާއިރު ވަތް މި ރާގޮނޑި އައިން ބައްދައި 9،054 ރާގޮނޑި ރައްޔިތުން ވަނީ ހިފައިފަ އެވެ. މިކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން އުޅެފައިވާއިރު، މި ރާގޮނޑިތައް ހަމަހަމަ އުސޫލުން ރަށުގެ ހުރިހާ ގޭބިސީއަކަށް ވަނީ ބަހާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ ދިއްދޫ ފަޅުތެރެއަށް ވަތް ރާގޮނޑި އައިން ގެއްލުމަށްފަހު އަލުން އެރަށުގެ ރައްޔިތުންގެ މަސައްކަތުން ވަނީ އަލުން ފަޅުތެރެއަށް ރާގޮނޑި އައިނު ވައްދާފަ އެވެ.
ރަށްރަށުގެ ފަޅުތެރެއަށް ކަނޑުމަހުގެ ތެރޭގައި ހިމެނޭ ލައްޓި، ރާގޮނޑިފަދަ ބާވަތްތަކުގެ އައިނުތައް ދޭތެރެ ދޭތެރެއިން ވަދެ އުޅެ އެވެ. އަދި އެހެން ވަންނަ މަސް އައިނުތައް ރައްޔިތުން ނިކުމެ ހިފައިގެން ރަށުގެ ހުރިހާ ގެއަކަށް ބަސް ބެހުމަކީ ބައެއް ރަށްރަށުން ފެންނަ ރީތި އާދައެކެވެ.
ދުނިޔެއިން ވަކިވެގެންދާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި:ނަޝީދު
ސްޕައިޑަ މޭންގެ މާސްކް ބާލަން ޓޮމް ތައްޔާރު ވަނީ؟
ސިއްހަތަށް ފައިދާހުރި ކާނާ ވެސް ހުސް ބަނޑާ ކާނަމަ "ވިހައަކަށް"!