2023 ވަނަ އަހަރަކީ މުހިންމު އަހަރެކެވެ. އެ އަހަރުގެ ވާހަކަ ޚަބަރުތަކުގެ ފަލަ ސުރުޚީތަކުގައި ލިޔެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ކޮންމެ އުންމީދެއްގެ ފޮނި ކާމިޔާބު ހާސިލުވުން 2023 ވަނަ އަހަރަށް އޮތީ ނިމިފަ އެވެ.
ކޮވިޑާ ގުޅިގެން އުނިކުރި ފައިސާ ދިނުންކަމުގައި ވިޔަސް ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރުންކަމުގައި ވިޔަސް ރައްޔިތުންނަށް އުފާވެރިކަމެއް ގެނެސްދޭ ކޮންމެ ކަމެއް ވެސް ވާން އޮތް އަހަރު ކަމުގައިވާ 2023 މިހާރު މިއޮތީ އަރާ ހަމަވެފަ އެވެ. ބާކީ އޮތީ އެއް އަހަރެވެ. މި ހިސާބަށް އައި އިރު ކޮވިޑުގެ ބަލި މަޑުކަމުގެ ބަހަނާގައި މަޑު ޖައްސާފައި އޮތް ގިނަ ކަންތަކަށް ހަރަކާތް އަންނަން މި އޮތީ ޖެހިފަ އެވެ.
ކޮވިޑުގެ ބަލިމަޑުކަމަކީ ދިވެހި ސަރުކާރަށް ލިބުނު ޣަނީމާއެކޭ ބުނެވިދާނެ އެވެ. މުސާރަ ދޭނެ ފައިސާ ނެތިގެން އިންޑިއާއަށް ބޮޑު އިންޓްރެސްޓެއްގައި ޓީ ބިލު ވިއްކައިގެން ފައިސާ ހޯދަމުން އައި ސަރުކާރަށް ކޮވިޑުގެ ބަލިމަޑުކަމާއެކު ބޭރުގެ ގައުމުތަކުގެ ދީލަތި އެހީތައް އޮހުނެވެ. އެންމެ ފަގީރު ބަންގްލަދޭޝުން ވެސް ކަބޯ ތަކެއްޗާއި ބޭސް އަރުވާ ބަރުކޮށްފައި އުޅަނދުތައް ފޮނުވި އެވެ. ސަރުކާރުގެ ހުރިހާ ކަމެއް ހުއްޓާލައި ސިއްހީ އެހީތެރިންގެ ޓީމަކާ މުޅި ރާއްޖެ ހަވާލުކުރުމަށްފަހު އިސްވެރިން ފާޚާނާ ކަރުދާހުން ބޯޅަ ކުޅެން ގޭގައި މަޑުކޮށްލީ އެވެ.
ކޮވިޑުގެ ލޮކްޑައުން އައިސް ސަރުކާރަށް ލިބޭ ފައިސާގެ މިންވަރު މަދުވުމުން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި އެދުނީ ސެންޓްރަލް ބޭންކުން ދަރަންޏަށް ފައިސާ ނެގޭ މިންވަރު އިތުރު ކޮށްދިނުމަށާއި ފައިސާ ޗާޕު ކުރުމުގެ ހުއްދަ އަކަށެވެ. އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލު އޮތް މަޖިލީހުން ސަރުކާރުގެ މި އެދުން ވަރަށް ފުރިހަމަޔަށް ފުއްދައިދިނެވެ. އެގޮތުން ހަތަރު ބިލިޔަން ރުފިޔާ އެމްއެމްއޭ އިން ނެގުމުގެ ހުއްދަ 2022 ވަނަ އަހަރާ ހަމަޔަށް ދިނެވެ. ނަތީޖާއެއްގެ ގޮތުން އޮފީސްތައް ބަންދު ކޮށްގެން ތިބެ ބަރާބަރަށް މުސާރަ ދީ ބައެއް ފަރާތްތަކަށް ކޮވިޑް އެލަވަންސް ވެސް ދެމުން ގެންދިޔަ އެވެ.
އެމްއެމްއޭއިން ދަރަންޏަށް ނެގި ފައިސާގެ ސަބަބުން އަޑިއަޅައިގެން ދިޔަ ރިޒާވު ހަމަޖެއްސުމަށްޓަކައި ބޮޑު އިންޓްރެސްޓަކާއެކު އިންޑިއާއަށް ޓީ ބިލު ވިއްކައިގެން ގެނައި ފައިސާއިން ވަގުތީގޮތުން އެމްއެމްއޭގެ ރިޒާވް ރަނގަޅުވި އެވެ.
ކޮވިޑުގެ ނުރައްކަލުން ދުނިޔެ ހިންދެމިލައި ފަތުރުވެރިން ރާއްޖެއަށް އައިސް ރާއްޖެއަށް ޑޮލަރު ލިބެން މިހާރު ވަނީ ފަށާފަ އެވެ. މިއަހަރުގެ ބަޖެޓް މަޖިލީހަށް މިދިޔައީ ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ މިންވަރު އިންތިހާއަށް ގިނަވެ ޓޫރިޒަމްގެ އާމްދަނީ އެތައް ތަނެއް ރަނގަޅު ވެފައިވާ ދަނޑިވަޅެއްގަ އެވެ. މުޅި ގައުމުގެ އިގުތިސާދު އަލުން ހިންދެމިލައި ސަރުކާރަށް ލިބޭ ޓެކްސް އެތައް ގުނައެއް ބޮޑު ވެފައިވާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރުގެ އާމްދަނީ ކިތަންމެ މަތިވެފައި ވީކަމުގައި ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަޖިލިހަށް ހުށަހެޅި ބަޖެޓަކީ މިއިން ޒަމާނަކު ނުވާވަރަށް ދަރަނި ބޮޑު ބަޖެޓެކެވެ. ބަޖެޓުގެ ބޮޑު ބައެއް ހޭދަ ކުރަން ޖެހިފައިވަނީ އިންޑިއާއިން ހިލޭ އެހީއަށް ބަދަލުކޮށް ދޭނެ ކަމަށް ބުނުމަށް ފަހު ގަތް ބޮންޑުގެ ބޮޑު އިންޓްރެސްޓާއެކު އެ ފައިސާ އަނބުރާ ދައްކާށެވެ. އެހެން ކަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ފެނިވަޑައިގެންނެވި ހަމަ އެކަނި ހައްލަކީ ފައިސާ ޗާޕުކުރުމެވެ. އެއާއެކު ސެންޓްރަލް ބޭންކުގެ ރިޒާވުން ފައިސާ ނެގުމުގެ ހުއްދަ އަނެއްކާ ވެސް ހޯދުމެވެ. އެ ހުއްދަ މިފަހަރު ވެސް އެއްވެސް ހިފެހެއްޓުމެއް ނެތި މަޖިލީހުން މިވަނީ އަމީރަށް ހުއްދަ ދީފަ އެވެ. މިފަހަރު މަޖިލީހުން ހުއްދަ ދިނީ 2023 ވަނަ އަހަރުގެ ޑިސެމްބަރާ ހަމަޔަށް ފައިސާ ޗާޕްކުރުމުގެ ހުއްދަ އެވެ. ހަމަ އެފަދައިން އެމްއެމްއޭގެ އެކައުންޓުން 200 މިލިޔަން ރުފިޔާ ނެގުމުގެ ހުއްދަ ވެސް ދިނެވެ.
އެމްއޭގެ ރީޒާވާއި ބޭނުންވަރަކަށް ފައިސާ ޗާޕްކޮށްގެ 2023 އާ ދިމާޔަށް ސަރުކާރު މިވަނީ މިސްރާބު ޖަހާފަ އެވެ. ވައުދު ފުއްދުމުގެ ނަމުގައި ކުދިކުދި ރަށް ރަށުގައި ކުދިކުދި މަޝްރޫއުތައް ހިންގުމަށް އިންޑިއާ އާއެކު ސަރުކާރުން ދަނީ އަތާ އަތް ޖޯޑުކޮށްގެން ކެމްޕޭން ފަށާފަ އެވެ.
ކެމްޕޭނަށް ޚަރަދު ކުރަން ޗާޕްކުރާ ފައިސާއާ ދިވެހި ސަރުކާރުން ބޮޑުން އިންޓްރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް އިންޑިއާއިން ދޭ ފައިސާ އިން ކުރާ ހޭދައިގެ ބަދަލު އެތައް ގުނައެއް ބޮޑުކޮށް ރައްޔިތުން ދައްކަން ޖެހޭ ދުވަސް އަންނާނީ ކެމްޕޭން ނިމުމަށް ފަހު އެވެ. އޭރު 2032 އޮންނާނީ ފަސްދީ ގޮސްފަ އެވެ.
ފައިސާ ޗާޕް ކޮށްގެން ނުވާނެއޭ ދައުލަތަށް އާމްދަނީ ލިބޭނެ ގޮތް ނުހޯދާ އެގޮތުން ބަލާއިރު އެބަޖެހޭ ރާއްޖެތެރެއަށް މިހާރު ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ހުއްޓާލާ އެފައިސާ ބަދަލު ކުރަންވީ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކުމަށް ޓަކައި ރާއްޖެތެރޭގެ 10 ހާހުން ދަށުގެ އާބާދީ ތަކަށް ކުރާ ޚަރަދު މިހާރުން މިހާރަށް ހުއްޓާލާ އެފައިސާ ބަަދަލު ކުރޭ މާލެ ސަރަަހައްދުގައި ހުރި ފަޅު ތައް ހިއްކާ ބްރިޖްސް ތައް އަޅަން ސަރުކާރުގެ އިކޮން ކައުންސިލުން ނިންމަންވީއޭ
ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ
ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ
ފައިސާ ޗާޕް ކުރަނީ ވެސް ތަމެން އެމްޑީޕީގެ ކައްޕަޅިވެރިކަމުގައި ދޯ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމުގައި މަމެން އެކަން ނުކުރަންދޯ ތަމެން ދެން ރާއްޖޭގައި ވެރިކަން ކުރަން ނޫޅެ ރަނގަޅުވާނީ ދަރުހޮވަން ވަލަށް ދިޔައިއްޔާދޯ ތަމެން ދެން ދަަގަ ދަރުހޮވަން ދަރުހޮވާދޯ..