ގއ. ނިލަންދޫ ސްކޫލަށް އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 1.1 މިލިއަން ރުފިޔާ ހަދިޔާކުރަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ބުނީ ޖަޕާނުން އެ ސްކޫލަށް ފޯރުކޮށްދޭ މި އެހީގެ ދަށުން އެ ސްކޫލުގެ ގްރޭޑް އެކެއްގެ ދަރިވަރުންނަށް ކްލާސްރޫމަކާއި، ލައިބްރައީއެއް އިމާރާތްކުރާނެ ކަމަށެވެ.
ނިލަންދޫ ސްކޫލުން ހިންގާ މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި އެސްކޫލުގެ ފަރާތުން ސޮއިކުރެއްވީ ސްކޫލުގެ ޕްރިންސިޕަލް ހަދީޖާ އިބްރާހީމެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަނައި ކެއިކޯ އެވެ.
އޭގެ އިތުރުން، މި ކްލާސްރޫމް، ގުދުރަތީ ކާރިސާތަކުން ދިފާއުވުމަށް ބޭނުންކުރެވޭނެ ކަމަށް ވެސް ޖަޕާނު އެމްބަސީީން ބުނެފައިވެ އެވެ. ޖަޕާން ސަރުކާރުން މި އެހީ ނިލަންދޫ ސްކޫލަށް ދެނީ އެސަރުކާރުގެ ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމްގެ ދަށުންނެވެ.
މި ސްކީމަކީ ޖަޕާން ސަރުކާރާއި ރާއްޖެ ސަރުކާރުން ދިވެހި ރާއްޖޭގެ މީހުން ބާރުވެރިކުރުމުގެ މަގުސަދުގައި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
ޖަޕާން ސަރުކާރުން 1996 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގައި އެކި ދާއިރާތަކަށް މި ސްކީމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ތިޔާއީ ބޭކާރު ކަމެކޭ ތިޔާ ފައިސާ ހިޔާ ފްލެޓްސް ތަކުގެ ސެކިއުރިޓީ ބަލަހައްޓަން ދޭންވީއޭ އެއިރުން ރައްޔިތުންނަށް މާބޮޑަށް ފައިދާ ކުރާނެއޭ ނިލަންދޫ ރައްޔިތުން މާލެ ސަރަހައްދަށް ބަދަލު ކުރަންވީއޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ ބަދަލުުކުރޭ