މީގެ ހަތަރު އަހަރު ކުރިން، 2016 ނުކުތް ހިޓް ޖަރުމަން ފިލްމެއް އަސްލަކަށް ބަލައިގެން އުފައްދާ ހޮލީވުޑް ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ބުނެފި އެވެ.
ޓުވިޓާގައި ފޭނުންނާއި މިހަބަރު ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ މިމަސައްކަތުގައި އޭނާ އާއި އެކު ފެންނާނީ އައުޓްލޭންޑާގެ ތަރި ސޭމް ހިޔުގަން އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ސެލިން ޑިއޯން އެވެ. މިފިލްމުގައި ޕްރިޔަންކާއާއި އެކު މަސައްކަތް ކުރާ ކޯ-ސްޓާރުންނާ އެކުގައި މަސައްކަތް ފެށުމަށް ކެތްމަދުވެފައިވާ ކަމަށް ޕްރިޔަންކާ ވަނީ ބުނެފަ އެވެ.
ހަބަރުތައް ދައުރުވާ ގޮތަށް ބަލާއިރު، މިރޮމޭންޓިކް ޑްރާމާއަށް ކިޔަނީ "ޓެކްސްޓް ފޯ ޔޫ" އެވެ. އަދި މިފިލްމު ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވަނީ ޖިމް ސްޓަރައުސް އެވެ.
ފިލްމުގެ ވާހަކައަށް ބަލާއިރު، ފިލްމުގެ ލީޑް ބަތަލާއަކީ އޭނާގެ ބައިވެރިޔާ ނިޔާވުމުން އެ ހިތާމައިން އަރައިގަތުމަށް ބައިވެރިޔާގެ ފޯނަށް މެސެޖުކުރުމުގެ ތެރޭގައި ހަމަ އެހާލަތުގައި ހުންނަ ދެވަނަ މީހަކާ ބައްދަލުވުމުން ދެމީހުން އެކަކު އަނެކަކަށް އެހީތެރިވެ ހާލަތު ބަދަލުކުރާ ގޮތް ދައްކުވައިދޭ ފިލްމެކެވެ. އެގޮތުން މި ފިލްމުގައި ވެސް ސެލިން ޑިއޯންގެ މިޔުޒިކަކީ އެ ދެ މީހުންނަށް ކުރިޔަށް ދިޔުމަށް ލިބޭ ހިތްވަރަކަށް ވެގެންދާކަމަށް ހަބަރުތައް ބުނެ އެވެ.
ޕްރިޔަންކާ ވަނީ ދާދި ފަހުން އެމަޒޯން އާއި އެކު މަލްޓި މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ވާގޮތުން ޕްރިޔަންކާއަށް ތަފާތު ބަހުރުވައިގެ ކޮންޓެންޓް ޕްރޮޑިއުސް ކުރެވޭނެ އެވެ.
މިނިންމުމާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ޕްރިޔަންކާ ބުނެފައި ވަނީ އޭނާގެ އެދުމަކީ އެކި ހިސާބުތަކުގެ އުފެއްދުންތެރިންނާ އެކު ވީހާ ވެސް ގިނަ އަންހެނުންގެ ވާހަކަތައް ގެނެސްދިނުމެވެ.
އެގޮތުން މިއެއްބަސްވުމުގެ ދަށުން މިހާރު ތިން މަސައްކަތެއް ކުރިޔަށް އެބަދެ އެވެ. އެއީ ކައިވެންޏަށް ތައްޔާރުވުމުގައި ކުރިޔަށްދާ ކަންކަން ދައްކުވައިދޭ ރިއަލިޓީ ސީރީޒް؛ "ސަންގީތު" އާއި ރޫސޯ ބަރަދާސް އާއި އެކުޕްރޮޑިއުސް ކުރާ ތްރިލާ ފިލްމް "ސިޓަޑެލް" އަދި ސޮޕޯކްސްޕާސަން މާ އާނަންދް ޝީލާގެ ބަޔޮޕިކް "ޝީލާ" އެވެ.