ރާއްޖޭގެ އަތޮޅުތެރޭގެ 12 ރަށަކަށް ޕްރިންސިޕަލުން ހޯދަން އިއުލާނުކޮށްފި އެވެ.

މި ރަށްތަކަށް ޕްރިންސިޕަލުން ހޯދުމަށް އިއުލާނުކުރީ ބައެއް ރަށްތަކުގައި ޕްރިންސިޕަލެއް ނެތި ގިނަ ދުވަސްތަކެއްވުމާ ގުޅިގެން ސްކޫލްތަކުން ޝަކުވާ ހުށަހަޅައި ބެލެނިވެރިންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

މިގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ޕްރިންސިޕަލުން ހޯދުމަށް އިއުލާނުކޮށްފައިވަނީ:

  • ހއ. ފިއްލަދޫ ސްކޫލް
  • ހއ. ވަށަފަރު ސްކޫލް
  • ހދ. ނޭކުރެންދޫ ސްކޫލް
  • ވާދޫ ޖަމާލުއްދީން ސްކޫލް
  • މ. އަތޮޅު ތައުލީމީ މަރުކަޒު
  • ރ. ފައިނު ސްކޫލް
  • ށ. ގޮއިދޫ ސްކޫލް
  • ހއ. ބާރަށު ސްކޫލް
  • ހދ. ހިރިމަރަދޫ ސްކޫލް
  • ގއ. ކޮނޑޭ ސްކޫލް
  • ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
  • ނ. މަގޫދޫ ސްކޫލް

މި ރަށްތަކުގެ ސްކޫލްތަކަށް ޕްރިންސިޕަލްކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އަދި މި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެކިރޭންކުތަކަށް އަސާސީ މުސާރައާއި ސަޕޯޓިން ކޯއެލަވަންސް ހަމަޖެހިފައިވާ ގޮތުގެ މަތިންނެވެ. މަގާމުތަކަށް ގާބިލް ފަރާތެއް ހޮވާއިރު، އެފަރާތަކަށް ލިބިފައިވާ ތައުލީމަށާއި، ތަމްރީނުގެ އިތުރުން ތަޖުރިބާއަށް ބަލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.