މިދިޔަ ހަފުތާގައި އެންމެ ގިނައިން ދެކެވުނު އެއްވާހަކައަށް ޑޮލަރުގެ ކަޅު ބާޒާރުގެ ވާހަކަ ވާނެ އެވެ. ރާއްޖެއިން އެތައް މިލިޔަން ޑޮލަރެއް ވަގަށް ބޭރު ކުރާ ވާހަކަ އެވެ. މި ވަގު ވިޔަފާރީގެ މުގުލުގައި ތިބި ކަމުގައި ވަނީ ބަންގްލަދޭޝްގެ މީހުންނެވެ. ރާ
އްޖޭގައި އާދައިގެ މަސައްކަތު މީހުންގެ ގޮތުގައި އަންނަ މީހުންގެ އެކައުންޓުގައި އެތައް މިލިޔަން ޑޮލަރެއް ހުންނަ ކަމާއި އެ ޑޮލަރުތައް ވަގަށް ބޭރުކުރާ ވާހަކައަކީ ޚަބަރުތަކުގެ އެންމެ ހިނގާ ސުރުޚީތައް ކަމަށްވެފައި ވަނިކޮށް ބަނގްލަދޭޝްގެ މީޑިއާތަކުން ތިލަކޮށް އަޅާލި ސުރުޚީގައި މިއޮތީ ދިވެހި ސަރުކާރުން ލޯނެއް ހޯދަން ބަނގްލަދޭޝް ސަރުކާރުގައި އެދުނު ވާހަކަ އެވެ.
1972 ވަނަ އަހަރު އުފެދުނު، ދެކުނު އޭޝިޔާގެ އެންމެ ފަގީރު އެއް ގައުމުގެ ގޮތުގައި އޮތް ބަނގްލަދޭޝް ސަރުކާރުން ލޯނު ހޯދަން އެދި ދިވެހި ސަރުކާރުން އަތް ދިއްކުރާ ހިސާބަށް ހިނގައި ދާނޭ ކަމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު ނޫނީ ގަބޫލު ނުކުރާނެ އެވެ. އެހެނަސް ބަންގްލަދޭޝްގެ ނޫސްތަކުން ބުނާ ގޮތުން ނަމަ ދިވެހި ސަރުކާރުން މިވަނީ އެކަންކޮށްފަ އެވެ. އެ ނޫސްތަކުގައިވާ ގޮތުން ދިވެހި ސަރުކާރުން ލޯނު ބޭނުން ވެގެން އުޅެނީ އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓް ފޫ ބެއްދުމަށްޓަކަ އެވެ.
ދިވެހި ސަރުކާރުން މި ހޯދަން އުޅޭ ލޯނާ ބެހޭ ވާހަކައެއް އާންމުކުރުމުގެ ކުރިން ބަނގްލަދޭޝްގެ އިދާރާތަކުން އެ ވާހަކަ އާންމު ކުރުމުން ދިވެހި ސަރުކާރުން ވަނީ އެ ވާހަކަ އޮޅުވާލަން މަސައްކަތްކޮށްފަ އެވެ. އެގޮތުން އެ ލޯނުގެ ވާހަކައަކީ ބަނގްލަދޭޝްގެ އިސް ނެގުމަކަށް ދެކެވޭ ވާހަކައެއް ކަމަށް ބުނިކަމުގައި ވިޔަސް ދިގު މުއްދަތަކަށް އިންޓްރެސްޓް ކުޑަ ލޯނެއް ހޯދަން އެދިފައިވާނެކަމަށް ވަނީ އެއްބަސްވެފަ އެވެ.
ސަރުކާރަށް ލިބޭ މިންވަރަށް ވުރެ އެތައް ތަނެއް ޚަރަދު ބޮޑު ބަޖެޓެއް ކުރިޔަށް އޮތް 2022 އަށް ރައްޔިތުންގެ މަޖިލިހުން ވަނީ ފާސް ކޮށްފަ އެވެ. ސަރުކާރުން ފޮނުވި މިންވަރަށް އެތައް ބައެއް މަޖިލީހުން އިތުރުކުރުމަށް ފަހު ފާސްކުރި ބަޖެޓް ދެކޮޅު ޖެއްސުމަށްޓަކައި 13.7 ބިލިއަން ރުފިޔާ ހޯދަން ސަރުކާރަށް ވަނީ ޖެހިފަ އެވެ.
ބަޖެޓްގެ ބަހުސުގެ އެކި މަރުހަލާތަކުގައި ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއަކީ ލިބޭނެކަމުގެ ޔަގީން ކަން އޮތް އެއްޗެކެވެ. އެގޮތުން ބޭރުގެ ހިލޭ އެހީ އާއި ލޯނުތަކަކީ ވެސް މިހާރު ވެސް ހަމަ ޖެހިފައިވާ އެއްޗެއް ކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ އިންޑިއާއިން ރާއްޖެއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ގެރެންޓީ އާއެކު ހިންގާ ސަރުކާރެކެވެ. ބަދަލުގައި އިންޑިއާއިން ބޭނުންވާ ގިނަ ކަންތަކެއް މިވަގުތު ސަރުކާރުން ވަނީ ކޮށްދީފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދެކޮޅުގެ ދެ އެއާޕޯޓުގައި އިންޑިއާ ސިފައިންނަށް އެ މީހުންގެ ވަސީލަތްތްތަކާއެކު ތިބެވޭނެ ގޮތް ހަމަޖައްސައިދިނުމާއި ރާއްޖޭގެ މެދުން އެމީހުންގެ ނޭވީއަށް ކޮންޓްރޯލް ކުރެވޭނޭ ބަނދަރެއް ހަދައި ދިނުމަކީ މިހާތަނަށް އެއްބަސްވެ ތަންފީޒުކުރެވެމުންދާ ކަންތައްތަކެވެ. އެހެންކަމުން އިންޑިއާއިން ދޭން ވައުދުވި ލޯނާ ހިލޭ އެހީ ބޭނުންވާ މިންވަރަށް ނުލިބުމަކީ ރައީސް ސޯލިހުގެ 2022ގެ ބޮޑު ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް އަވަށްޓެރި ކުދި ގައުމުތަކުގައި ސަލާން ޖަހަން މެދުވެރިވި ސަބަބުކަމަށް ވުމީ ގާތް ކަމެކެވެ.
ކޮންމެ ގޮތަކަށް ކަންތައް ވެގެން ކަމުގައި ވިޔަސް ދިވެހި ރާއްޖެއިން ޑޮލަރު ހިފެހެއްޓުމެއް ނެތި ވަގަށް ބަނގްލަދޭޝްއަށް ބޭރު ވަމުންދާއިރު ރާއްޖެއަށް މިވަނީ ޑޮލަރު ހޯދަން އެދި ބަނގްލަ ދޭޝް އަށް "ސަލާން ޖަހަން ޖެހިފަ އެވެ."
ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް