ނޭޕިޑޯ (07 ޑިސެމްބަރު) - މިޔަންމާގެ ކުރީގެ ލީޑަރު އޮންގް ސަންގް ސޫ ކީ ދެ އަހަރު ދުވަހަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ހިންގި ބަޣާވާތެއްގައި ވެރިކަމުން ދުރު ކުރެވުނު ސޫ ކީއަށް އިއްވި ހުކުމްގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވާ ވީ ނަމަވެސް މިހާރު ވެރިކަން ކުރާ ޖަންތާ ޕާޓީން ވަނީ އޭނާގެ ހުކުމްގެ އެއްބައި މައާފް ކޮށްދީ ދެ އަހަރު ދުވަހަށް ހުކުމް ކުޑަ ކޮށްދީފަ އެވެ.
ސޫ ކީއަށް ހުކުމް އިއްވާފައި މިވަނީ އަސްކަރިއްޔާއަށް ނުފޫޒު ފޯރުވުމާއި މިދިޔަ އަހަރު ބޭއްވި އިންތިހާބުގައި ކޮވިޑް 19ގެ ފިޔަވަޅުތަކާ ޚިލާފުވި ކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެގެންނެވެ.
މިއީ ސޫ ކީގެ މައްޗަށް ކޮށްފައިވާ ގިނަ ދައުވާތަކުގެ ތެރެއިން އެންމެ ފުރަތަމަ ޝަރީއަތް ބޭއްވި ދައުވާގެ ހުކުމެވެ. މީގެ އިތުރުން ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުމުގެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ޖުމުލަ 11 ދައުވާ ސާބިތު ވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ނޭޕިޑޯ (07 ޑިސެމްބަރު) މިޔަންމާގެ ކުރީގެ ލީޑަރު އޮންގް ސަންގް ސޫ ކީ ދެ އަހަރު ދުވަހަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ހިންގި ބަޣާވާތެއްގައި ވެރިކަމުން ދުރު ކުރެވުނު ސޫ ކީއަށް އިއްވި ހުކުމްގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވާ ވީ ނަމަވެސް މިހާރު ވެރިކަން ކުރާ ޖަންތާ ޕާޓީއިން ވަނީ އޭނާގެ ހުކުމްގެ އެއްބައި މައާފް ކޮށްދީ ދެ އަހަރު ދުވަހަށް ހުކުމް ކުޑަ ކޮށްދީފަ އެވެ.
ސޫ ކީއަށް ހުކުމް އިއްވާފައި މިވަނީ އަސްކަރިއްޔާއަށް ނުފޫޒު ފޯރުވުމާއި މިދިޔަ އަހަރު ބޭއްވި އިންތިހާބުގައި ކޮވިޑް 19ގެ ފިޔަވަޅުތަކާ ޚިލާފުވި ކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެގެންނެވެ.
މިއީ ސޫ ކީގެ މައްޗަށް ކޮށްފައިވާ ގިނަ ދައުވާތަކުގެ ތެރެއިން އެންމެ ފުރަތަމަ ޝަރީއަތް ބޭއްވި ދައުވާގެ ހުކުމެވެ. މީގެ އިތުރުން ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުމުގެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ޖުމުލަ 11 ދައުވާ ސާބިތު ވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ސޫ ކީގެ އިތުރުން ކުރީގެ ރައީސް ވިން މިންޓްގެ މައްޗަށް ވެސް ކޮރަޕްޝަންގެ ދައުވާ ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ނަމަވެސް އޭނާގެ ހުކުމުން ވެސް ދެ އަހަރު ދުވަސް މައާފު ކޮށްދީ މުއްދަތު ކުޑަ ކޮށްދީފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ފެބްރުއަރީ މަހު އަސްކަރީ ބަޣާވާތެއްގެ ދަށުން ވެރިކަން ވައްޓާލި ފަހުން ސޫ ކީގެ އިތުރުން މިޔަންމާގެ އެހެން ލީޑަރުންވެސް ތިބީ ބަންދުގައި ބައިތިއްބާފަ އެވެ.
ހޯމަ ދުވަހުގެ ހުކުމާއެކު އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު މިޝޭލް ބެޗެލެޓް ވިދާޅުވީ އެ ހުކުމަކީ ލަދުވެތި ހުކުމެއް ކަމަށާއި ސިޔާސީ މަޝްވަރާތަކަށް އެޅުނު ހުރަހެއް ކަމުގަ އެވެ. – ދަ ޑެއިލީ ޕޯސްޓް