ސިފައިންގޭގައި 37 އަހަރު ޚިދުމަތްކުރުމަށް ފަހު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ޝަރަފުވެރިކަމާއެކު މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
އެމްއެންޑީއެފް އިން ބުނީ ބްރިގޭޑިއާ ޖެނެރަލް މަންސޫރު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، މަންސޫރާ މިނިސްޓަރު މާރިޔާ ހަވާލުކޮށްދެއްވި ކަމަށެވެ.
މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލުގެ ސިޓީފުޅާއި އަދި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އެވެ. ބްރިގޭޑިއާ ޖެނެރަލް މަންސޫރުގެ ރިޓަޔާމަންޓްގެ ރަމްޒީ ކާޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމެވެ.
ސިފައިންގެ އެންމެ މަތީ އޮފިސަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަންސޫރު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓުތަކުގެ ކޮމާންޑަރުންނާއި މަންސޫރުގެ އާއިލާގެ ބޭފުޅުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފަ އެވެ.
މަންސޫރު ސިފައިންގެ ޚިދުމަތާއި ގުޅުނީ މާޗް 13، 1984 ގަ އެވެ.
އެ ދިގު މުއްދަތުގައި މަންސޫރު ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގަ އެވެ.
ކޯސްޓްގާޑުގައި މަންސޫރު ފުރުއްވި މަގާމުތަކުގެ ތެރޭގައި ކޯސްޓްގާޑްގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު، ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގެ އިތުރުން ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަގާމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފަ އެވެ. އެގޮތުން ކޯސްޓްގާޑުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ކުރިއެރުވުމުގައި ބްރިގޭޑިއާ ޖެނެރަލް މަންސޫރު ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.
ކޯސްޓްގާޑްގައި ފުރުއްވި މަގާމުތަކުގެ އިތުރުން ސިފައިންގެ އެކިއެކި ދާއިރާތަކުގައި ފުރުއްވި އެހެނިހެން މަގާމުތަކުގެ ތެރޭގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމާއި، ސިފައިންގެ އެކުވެރި ކުންފުނި އަދި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމަންޓް ކޮމިޓީގެ ޗެއާމަންކަމާއި، ޓްރެއިނިންގެ އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، ކައްދޫ އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުކަމާއި އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަންކަން ހިމެނެ އެވެ.
ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވި އިރު މަންސޫރު ހުންނެވީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ.
ސިފައިންގެ ޚިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިޚްލާސްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހުލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 11 ކުލަ ވަނީ އޭނާއަށް ލިބިވަޑައިގެންފަ އެވެ.
އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމެރިކާ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމެރިކާ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމެރިކާ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމެރިކާ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމެރިކާ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމެރިކާ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމެރިކާ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމެރިކާ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމެރިކާ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް
ސަރުކާރު ވަނީ ހުރިހާ ގޮތަކުން ވެސް ފެއިލް ވެފައޭ މުޅި ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ދޭންވީއޭ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ
މިސަރުކާރުން ހައްލު ލިބޭނީ އެންމެ ކަމަކަށް އެއީ އިންޑިއާގެ ވަގުންނާއި ގުޅިގެން ގައުމުގެ ޚަޒާނާ ދަވާލުން މިހާރު އިންޑިއާގެ ޗަގު ވިޔަފާރި ވެރިއަކު ރާއްޖެ ގެނެސްގެން ރަތްރޮނގޭ އާއި ޑިޖިޓަލޭ ދެމީހުން ބައްދަލުކޮށް ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި ތިލަފުށި އިންޑިއާގެ ވަގު ކުންފުންނަކަށް ވިއްކާލައިގެން ކަޓް ޖެއްސުމުގެ ކަން ކަން އެބަކުރޭ އެމެން ރާއްޖޭގެ ކަނޑުތައް އިންޑިއާ އަށް ވަނީ ވިއްކާލާފައި ދެން މަސްވެރިންގެ މަސް އެމެން ނުކިރާނެއޭ މަސްވެރިން
އިންޑިއާ އައުޓް ކަޅު ދަބަހޭ އައުޓް ރަތްރޮނގޭ އައުޓް ޕައުންޑޭ އައުޓް ޑިޖިޓަލޭ އައުޓް އިންޑިއާ އައުޓް ކަޅު ދަބަހޭ އައުޓް ރަތްރޮނގޭ އައުޓް ޕައުންޑޭ އައުޓް ޑިޖިޓަލޭ އައުޓް އިންޑިއާ އައުޓް ކަޅު ދަބަހޭ އައުޓް ރަތްރޮނގޭ އައުޓް ޕައުންޑޭ އައުޓް ޑިޖިޓަލޭ އައުޓް އިންޑިއާ އައުޓް ކަޅު ދަބަހޭ އައުޓް ރަތްރޮނގޭ އައުޓް ޕައުންޑޭ އައުޓް ޑިޖިޓަލޭ އައުޓް
މުޅި ރަން ރިނބުދޫ މަނިކުފާނާމެދު ފަހުރުވެރިވޭ. ތިޔައީ ހަރުދަނާ ދަރިއެއް
ޢަލްހަމްދުލިﷲ