ބަރަހާނާ ފިލްމު ޕްރޮޑިއުސް ކުރި މައްސަލައިގައި ޝިލްޕާ ޝެޓީ ހުރީ އޭނާގެ ފިރިމީހާ، ރާޖު ކުންދުރާ އާއި އެއްކޮޅަށް ކަމަށް ޝިލްޕާ ބުނެފި އެވެ.

މިދިޔަ ޖުލައި މަހުގައި ބަރަހަނާ ފިލްމް އުފައްދާ ވިއްކުމުގެ ތުހުމަތުގައި ރާޖް ހައްޔަރުކޮށްފައިވާއިރު، ކޯޓަށް ހާޒިރުކުރުމުން ރާޖް ކުންދްރާ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަދި އެފަދަ އެއްވެސް އަމަލެއްް ކޮށްފައި ނުވާނެކަމަށް އޭނާ ބަޔާންދީފައިވެ އެވެ.

މި މައްސަލަ ފެންމަތިވި ދުވަސްވަރު ޝިލްޕާ، އޭނާގެ ފިރިމީހާގެ ދިފާއުގައި ނުނިކުމެ އެވެ. އެހެންނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ ދިއުމުގައި ދުވަސްތަކެއް ފަހުން ޝިލްޕާ ވަނީ އޭނާގެ ފިރިމީހާގެ ދިފާއުގައި ނިކުމެފަ އެވެ.

މިފަދައިން އޭނާގެ ފިރިމީހާ ދިފާއުކުރުމަށް ޝިލްޕާ ވަނީ އިއްޔެގެ ވަގުތެއްގައިވެސް ޓްވީޓެއް ކޮށްފަ އެވެ. އޭނާ ކުރި ޓްވީޓުގައި، އެދެމަފިރިންގެ ފޮޓޯއެއް އާންމުކޮށްފައިވާއިރު، ޝިލްޕާ ވަނީ، ތެދު ހަގީގަތަކީ އޮޅުވައިލައި، ނުދައްކައި ހުރެވޭނެ ވާހަކައެއް ނޫންކަމަށްވެސް ބުނެފަ އެވެ.

ރާޖް ކުންދުރާ މިހާރު މިނިވަންވެފައިވާއިރު، އޭނާ ވަނީ މީސްމީޑިޔާއިންވެސް ދުރަށް ޖެހިލާފަ އެވެ. އެގޮތުން ރާޖް ކުންދުރާ ވަނީ އޭނާގެ އިންސްޓަގްރާމް އަދި ޓްވީޓާ އެކައުންޓުވެސް ޑިއެކްޓިވޭޓް ކޮށްލާފަ އެވެ.