ފައިވާނަށާއި ފުރަގަސް ފަރާތަށް ލައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދިވެއްސަކު އެތަކެއްޗާ ހަވާލުވުމުން އޭނާ ހައްޔަރުކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އެތިން މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނުގައި މުޅި ޖުމްލަ 2،445 ގުރާމު ހުއްޓެވެ. އަދި މި މައްސަލައިގައި އެމީހުން މަސްތުވާތަކެތި އެތެރެކުރީ ދިވެއްސަކާއި ގުޅިގެންކަން ފުލުހުންނަށް ވަނީ ހާމަވެފަ އެވެ.
މި މައްސަލައާ ގުޅިގެން، މަސްތުވާތަކެއްޗާއި ހަވާލުވިކަމަށް ފުލުހުން ތުހުމަތުކުރީ ޏ. ފުވައްމުލަކު، ބީޗްވޭ، އަބްދުﷲ އާމިރު 31 އެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ކްރިމިނަލް ކޯޓަށް އެދިފަ އެވެ.
ޕާކިސްތާނުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރީ، އެގައުމަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ މުނީޒު އަޒީޒާއި، 36 އަހަރުގެ، ބުސްރާ އަނީސްގެ އިތުރުން 49 އަހަރުގެ މުހައްމަދު ޔަސީން އެވެ.
އެހެން ނަމަވެސް މައްސަލައިގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް ކޯޓުން ދީފައި ވަނީ 15 ދުވަހެވެ.
މި މައްސަލައިގައި ހައްޔަރުކުރި ޔާސީންގެ ފައިވާނުން 738 ގުރާމުގެ ހެރޮއިން ފެނިފައިވެ އެވެ. އަދި ފުރަގަސްފަރާތުން ނެގި ތިން ބުލެޓެއްގެ ތެރެއިން 254 ގުރާމް ހެރޮއިން ފެނިފައިވެ އެވެ. ބުސްރާ އަނީސްގެ ފައިވާނާއި ޖަންގިޔާ ތެރެއިން ނެގި ތަކެތީގެ ތެރޭގައި ހިމެނެނީ 852 ގްރާމްގެ ހެރޮއިން އެވެ. އަދި މުނީޒު ފައިވާނުން 598 ގުރާމުގެ ހެރޮއިން ހޯދާފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މުނީޒަކީވެސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި މީހެކެވެ.
މުނީޒަށް ކީއްވެހޭ އަނެއްކާ ރާއްޖެ މިއާދެވުނީ. މީހަމަ ބޮޑު ރޭވުންގަނޑަކުން ހިންގާ ޖަރީމާ.