ރާއްޖޭގެ 32 ވަނަ ނަސްރުގެ ދުވަހާއި ގުޅުވައިގެން ހިތްގައިމު ދެ ލަވައެއް ނެރެފި އެވެ. ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ރިލީސްކޮށްފައިވާ މިދެ ލަވައަކީ ޓޮނިކް ސްޓޫޑިއޯ އަދި ހިއްޗާ ބޮޑުބެރު ގްރޫޕުން ނެރެފައިވާ ދެ ލަވަ އެވެ.

ޓޮނިކް ސްޓޫޑިއޯ އިން ނެރެފައިވަނީ "ކިޔާ ދޫތަކުން" މިލަވައިގެ ކަވާ ވާޝަނެކެވެ. މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު އާއި ދަރިކަނބަލުން ލައިބާ އަހުމަދު މަހުލޫފު (އެލީ) ކިޔާފައިވާ މި ލަވައިގެ ވީޑިއޯ ތައްޔާރުކޮށްފައިވަނީ ވަތަނީ ރޫހު ދައްކުވައިދޭ ކޮރިއަގްރާފީއާއި ވެސް އެކުގަ އެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވާ ގޮތުގައި ލަވައިގެ ކޮރިއަގްރަފީ މަސަައްކަތް ކޮށްދެއްވާފައި ވަނީ ނުހާ، ބަކްސީ އަދި ކޮއްކޮ އެވެ.

https://www.youtube.com/channel/UC5IlI5k-iAuSCjUhsr770-g

އެލީގެ ޔޫޓިއުބް ޗެނަލްގައި މިލަވަ ޕޯސްޓުކުރުމުން، 24 ގަޑިއިރު ނުވާނީސް 20،000 ވުރެ ގިނަ ވިއުސް މިލަވައަށް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް ލިވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން ނެވެ.

ބ.ކުޑަ ރިކިލު އަށް ނިސްބަތްވާ "ހިއްޗާ ބޮޑުބެރު ގްރޫޕު"ގެ ފަރާތުން ނެރެފައިވާ "މީ މަގޭ ގައުމު" މިލަވައަކީ ވެސް ނަސްރުގެ ދުވަސް ފާހަގަކުރަމުން ދާއިރު ކޮންމެ ދިވެއްސެއްގެ ހިތުގައިވާ ޝުއޫރުތަށް ބަޔާންކޮށްދޭ ފުރިހަމަ ލަވަ އެކެެވެ. އަމިއްލަ ރާގުގެ މިލަވަ ކިޔާފައި ވަނީ އަހުމަދު އިޝާމް އެވެ. ލަވައިގެ ޅެމާއި ރާގު؛ އަބްދުM މުއާޒު ހަދާފައި ވާއިރު ލަވައިގެ މިއުޒިކް، މިކްސިންގް އަދި ކޮމްޕޯސިންގް ހަދާފައިވަނީ ފަތުހުM ނައީމް އެވެ.

https://www.youtube.com/channel/UCaLNfZ2DieNlL_fzW0QIM2w

ހިއްޗާ ބޮޑުބެރު ގްރޫޕުން ވަނީ ނިމިދިޔަ އީދުގައި ވެސް އެގްރޫޕްގެ ވީޑިޔޯ ލަވައެއްގެ މަސައްކަތް ބެލުންތެރިންނަށް ދައްކާލާފަ އެވެ. ހުނަރުން ފުރިގެންވާ މިޓީމަކީ ބޮޑުބެރުގެ ފޯރި ދިވެހިންގެ ތެރޭގައި ދެމެހެއްޓުމަށް މަސައްކަތް ކުރާ ޒުވާނުންތަކެއް ހިމެނޭ ޓީމެކެވެ.