ގދ. ކާޑެއްދޫގައި ހުންނަ ހުވަދު އަތޮޅު މައި އެއާޕޯޓް ޖެޓީގެ ބައެއް މޫދަށް ވެއްޓިއްޖެ އެވެ.
އެއާޕޯޓް ޖެޓީގެ ބޮޑުބައެއް މޫދަށް ވެއްޓިފައިވާއިރު، ޖެޓީ ވެއްޓިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
އެއާޕޯޓުގެ ޖެޓީ އަރިއަޅާލާފައިވާތީ މީގެ ކުރިން ހުވަދު އަތޮޅުގެ ގިނަ ރައްޔިތުން އެކަމާކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެކަމަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށް ބުނެ ރައްޔިތުން ވަނީ ޝަކުވާކޮށްފަ އެވެ.
އެނގިފައިވާގޮތުގައި އެއާޕޯޓު ޖެޓީގެ ބޮޑުބައެއް ވެއްޓުނު ވަގުތު އެސަރަހައްދުގައި އެއްވެސް އުޅަނދެއް ބަނދަރުކޮށްފައެއް ނުވެ އެވެ. އަދި މިކަން ހައްލުކުރުމަށް މިހާރު އިދާރާތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށްވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ އިތުރު އެއްޗަކަށް ގެއްލުމެއް ނުވެ އެވެ.
އީރާނުން 200 ބިލިއަން ކިއުބިކް މީޓަރަށްވުރެ ގިނަ ގޭސް ފެނިއްޖެ
ފޭދޫ ސުކޫލުގެ ކެޑޭޓް ކޭމްޕުގެ 31 ދަރިވަރަކު ބަލިވެގެން ފަރުވާދެނީ
އީރާނަށް އަޅާނެ އިގްތިސާދީ ފިޔަވަޅުތައް އެމެރިކާއިން ހާމަކޮށްފި
