ފާއިތުވި ދެ ހަފުތާއެއްހާ ދުވަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު މައްޗަށް ދިއުމަށްފަހު، މިއަދު 1،697 އަށް ދަށްވެއްޖެ އެވެ.

މި ބައްޔަށް އިއްޔެ 2،199 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މިއީ މިހާތަނަށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ދުވަހެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މާލެ އިން 677 މީހުން ޕޮޒިޓިވްވި އިރު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ޕޮޒިޓިވްވެފައި ވަނީ 680 މީހެކެވެ. މީގެ އިތުރުން ރިސޯޓްތަކުން މިއަދު 60 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އެއީ ޖުމްލަ 7،263 ސާމްޕަލުން ޕޮޒިޓިވްވި އަދަދެވެ.

ރާއްޖޭގައި ކޮވިޑް ޕޮޒިޓިވިޓީ ރޭޓް މިހާރު ވަނީ 21 ޕަސެންޓަށް އަރައިފަ އެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 112،628 އަށް އަރާފަ އެވެ.

އަލަށް ކޮވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ.

މިވަގުތު 7،263 މީހަކު ފަރުވާ ހޯދަމުން އަންނައިރު، އޭގެ ތެރެއިން 49 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

މި ބަލީގައި މިއަދާ ހަމަޔަށް 269 މީހަކު ވަނީ ނިޔާވެފަ އެވެ.