އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވައި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތެއް ނުހުއްޓުވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްއިން ކުރިމަތިލައްވާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެކަން ނުވާނެ ކަަމަށެވެ. އަދި ރައީސް ޔާމީން އިންޑިއާ އައުޓް ހަރަކާތާއެކު ނުކުމެ ވަޑައިގަތީ އަތްޕުޅަށް ފުރާނަ ލައްވައިގެން ކަމަށް އަދުރޭ ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ޔާމީނުގެ މައްޗަށް ކުރި ހުކުމުން ސަލާމަތްވެވަޑައިގެން މިހާރު އެމަނިކުފާނު އެ މަސައްކަތް ކުރައްވަނީ ގައުމު ސަލާމަތްކުރައްވަން ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަށް އިންޒާރު ނުދިނުމަށް ގޮވާލައި އަދުރޭ ވިދާޅުވީ، ސަރުކާރުން ކިތަންމެ ބިރެއް ދެއްކިނަމަވެސް، ނުވަތަ ކޮންމެފަދަ އިންޒާރެއް ދިން ނަމަވެސް އިންޑިޔާ އައުޓް ހަރަކާތެއް ނުހުއްޓުވޭނެ ކަމަށެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގަމުން އަންނަ ކެމްޕެއިން މިހާރު ވަނީ ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން މިނިވަންވުމާ އެކު، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަރުގަދަކޮށްފަ އެވެ.
އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ އަތޮޅުތެރެއަށް ވަޑައިގެން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ކެނެރީގެ ނާޝިދު އައުޓް ތިމާވެށި މިނިސްޓަރު ކޮރަޕްޓް ޝައުނާ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ކެނެރީގެ ނާޝިދު އައުޓް ތިމާވެށި މިނިސްޓަރު ކޮރަޕްޓް ޝައުނާ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ކެނެރީގެ ނާޝިދު އައުޓް ތިމާވެށި މިނިސްޓަރު ކޮރަޕްޓް ޝައުނާ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ކެނެރީގެ ނާޝިދު އައުޓް ތިމާވެށި މިނިސްޓަރު ކޮރަޕްޓް ޝައުނާ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ކެނެރީގެ ނާޝިދު އައުޓް