އިންޑިއާގެ މަޝްހޫރު "އައިޓަމް ގާލް" އަދި އެކްޓްރެސް ރާކީ ސާވަންތު އޭނާގެ ފިރިމީހާ ރިތޭޝް ސިންގްއަށް ޖިމަށް ގޮސް ސިކްސް ޕެކް އެރުވުމަށް ބުނެފި އެވެ.

ބިގް ބޮސްގެ 15 ވަނަ ސީޒަންގައި އެދެމަފިރިން ފެނުމާއި ހަމައަށް ރާކީ އޭނާގެ ފިރިމީހާގެ ފޮޓޯ އަދި ވީޑިއޯއެއް މީސްމީޑިއާގައި އާއްމުކޮށްފައެއް ނުވެ އެވެ. ބިގްބޮސް ޝޯއަށް ރާކީ އާއި ރިތޭޝް ވައިލްޑްކާޑު މެދުވެރިކޮށް އައިސްފައިވާއިރު، އަލަށްވެސް އާންމުންނަށް ރާކީގެ ފިރިމީހާ ފެނިފައިވަނީ އެހައިހިސާބުންނެވެ. އެހެން ނަމަވެސް ޝޯއިން އެލިމިނޭޓްވުމަށްފަހު ރާކީއާ އޭނާގެ ފިރިމީހާ ވަނީ މިއަދުގެ ވަގުތެއްގައި ޖިމުން ނިކުންނަނިކޮށް ފެނިފަ އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ރާކީ ވަނީ އޭނާގެ ފިރިމީހާއާ މެދުގައި އޮތް ހިޔާލަކީ ކޮބައިތޯ ނޫސްވެރިންގެ ގާތުގައި އަހާފަ އެވެ.

ރާކީ ބުނީ އޭނާ ރިތޭޝްގެ ފަރާތުން އެދެނީ ޖިމަށް ގޮސް ބަނޑު ހިންދައި ސިކްސް ޕެކް އެރުވުމަށް ކަމަށެވެ. އަދި ޖިމަށް ދާން ފަށާނީ ކޮން އިރަކުތޯ އެހުމުން ރިތޭޝް ވަނީ މާދަމާއިން ފެށިގެން ރާކީ އާއެކު ޖިމަށް ދާން ފަށާނެ ކަމަށް ބުނެފަ އެވެ.

ރާކީ އާއި ރިތޭޝް ކައިވެނިކޮށްފައިވަނީ މީގެ ދެ އަހަރު ކުރިނެވެ. އަދި ކޮވިޑުގެ ސަބަބުން ލޮކްޑައުން ވި އިރު ރިތޭޝް ހުރީ ލަންޑަނުގައި ކަމަށާއި ރާކީ ބިގްބޮސް 14 ގައި ބައިވެރިވީ ކަމުގައި އެމީހުން ބުނެ އެވެ.