ރާއްޖެއިން އިތުރު 2،689 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 2،689 މީހުންނެވެ. އެއީ މިއަދު ޓެސްޓްކުރި 7،013 ސާޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދެވެ. މީގެ ތެރޭގައި މާލެއިން 1،296 މީހުން ޕޮޒިޓިވްވި އެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 994 މީހުން ޕޮޒިޓިވްވި އެވެ. ރިސޯޓްތަކުން މިއަދު 20 މީހުން، ޕޮޒިޓިވްވި އެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 133،288 އަށް އަރާފަ އެވެ.

މިވަގުތު 17،732 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 53 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިހާތަނަށް 115،269 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މާލެ ސަރަހައްދުގެ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 38 ޕަސެންޓްގައި އެވެ.

މި ބަލީގައި 274 މީހަކު ވަނީ ނިޔާވެފަ އެވެ.