ހުޅުމާލޭ ރެހެންދި ސްކޫލްގެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާން ރޯވެފައި ވަނީ ރެހެންދި ސްކޫލް ސަރަހައްދުގައި ބަހައްޓާފައި ހުރި ގޭސް ފުޅިތަކެއްގަ އެވެ.

އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާ ހިނގުމާ ގުޅިގެން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ވަނީ އަލިފާންގަނޑު ނިއްވާލުމަށް އެ ސަަހައްދުގައި ހަރަކާތްތެރިވެފަ އެވެ. އަދި އަލިފާންގަނޑު ނިއްވާލުމަށް އެސަރަހައްދުގައި ދިރިއުޅޭ އާންމުން ވެސް ހަރަކާތްތެރިވެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އަލިފާން ރޯވެފައިވަނީ އެ ސަރަޙައްދުގައި ހުރި ފްލެޓްތަކާއި ކައިރިންނެވެ. އެހެންނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ ފްލެޓްތަކަށް ގެއްލުންވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.

އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާއިރު، މި ހާދިސާ ހިނގިކަމުގެ މައުލޫމާތު އެމްއެންޑީއެފުން ހިއްސާކޮށްފައެއް ނުވެ އެވެ.