މިއަދު ކޮވިޑަށް ޕޮޒިޓިވްވި އަދަދު 2000 އިން ތިރިވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުޅި ރާއްޖެއިން 5،657 ސާޕަލް ޓެސްޓް ކޮށްފައިވާއިރު މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 2،542 ސާޕަލް އެވެ.

މީގެ ތެރެއިން މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 748 މީހުންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 698 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 65 މީހުންނެވެ.

މިއަދު އަލަށް 1،834 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ 145،036 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު 17،413 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 60 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެންނެވެ. އަދި 127،330 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި 280 މީހަކު ވަނީ ނިޔާވެފަ އެވެ.