ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ނިންމި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުކުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް ނިންމި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި އެހެނިހެން ފަނޑިޔާރުން ވަކިކުރަން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެ، އާޒިމް އިންޒާރު ދެއްވާފައިވެ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް މިއަދު މަޖިލީހުގައި މިއަދު ފެށި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވީ ބައެއް ފަނޑިޔާރުންގެ އަމަލުތައް ހުރީ ރައްޔިތުން ހިތްހަމަ ނުޖެހޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
މިކަން ފާހަގަކުރަމުން އާޒިމް ވަނީ ރައީސް ޔާމީންގެ ޝަރީއަތް ނަންގަަވައި، އެ މައްސަލަ ނިމިގެން ދިޔައީ "އަޖައިބުވާ" ކަހަލަ ނިންމެވުމަކުން ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ޕީޕީއެމް އިން އިސް ނަގައިގެން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވައިފި ނަމަ ފަނޑިޔާރު ކަމުން ވަކި ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
"ފަނޑިޔާރުން އެކަން ނުކޮށްފިއްޔާމު އަޅުގަނޑުމެން މިތިބި ވަކިކުރަން ޖެހުނު ކޮންމެ ބަޔަކު ވަކިކުރަން ނުކުމެ ތައްޔާރަަށް. އެ ހެޔޮ އެންޓި ކޮރަޕްޝަން ކޮމިޝަން ކަމަށް ވިޔަސް އެ ހެޔޮ ސިވިލް ސާވިސް ކޮމިޝަން ކަމަށް ވިޔަސް އެ ހެޔޮ އިލެކްޝަން ކޮމިޝަން، ޖުޑީޝިއަލް ސިވިލް ސާވިސް ކޮމިޝަން ކަމަށް ވިޔަސް،" އާޒިމް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަން ކޮށްފަ އެވެ.
އާޒިމެއް ކަމަކު ތެދެއް ވެއްޖެއްޔާ ތެދެއްތާ! އަހަރުމެންވެސް މިތިބީ ހައިރާންވެފަ!!!!
އާޒިމު ގޮޑީގަ މިހާރު އިދެވެއްޖެނު ޖަލުގާދެން މަޑުކޮށްލައްވީނު އަބަދު ތިތާކު އިދެ ތީނީ ބުއްދި ސަކަރާތްވެފަ