ކޮވިޑް-19 އަށް ފަރުވާހޯދަމުން ދަނިކޮށް އިތުރު މީހަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) ބުނީ ކޮވިޑަށް ފަރުވާހޯދަމުން ދަނިކޮށް ރޭގެ ވަގުތެއްގައި ނިޔާވީ އުމުރުން 67 އަހަރުގެ އަންހެނެއް ކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން ތިން މީހަކު ނިޔާވެފައިވެ އެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް އޭނާ ނިޔާވީ މިއަދު ހެނދުނު 8:50 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 284 އަށް އަރާފަ އެވެ.

މިބަލީގައި އެންމެ ފަހުން ރާއްޖެއިން ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން މިހާތަނަށް 150،337 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 132،872 މީހަކު ބަލިން ރަނގަޅު ވެފައިވެ އެވެ. އަދި 52 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.