މާލޭގައި ދޫކުރާ 211 ޕާކިން ސްލޮޓްތަކަށް އޮންލައިންކޮށް ހުށަހެޅުމަށް ހުޅުވާލި ޕޯޓަލް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ޕޯޓަލްއަށް ވަނުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި މިކަން ފާހަގަކޮށް އެ ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ.

ނަމަވެސް މިކަމަކީ ސަރުކާރުން ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ޓްވީޓް ކުރައްވާފަ އެވެ. މޭޔަރު ކުރެއްވި ޓްވީޓްގައި ޕާކިން ސްލޮޓްތަކަށް އޮންލައިންކޮށް ހުށަހަޅޭ ޕޯޓަލް ބްލޮކް ކޮށްފައިވާ ކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

މިއަދު މެންދުރު 1:00 ހާއިރު މި ޕޯޓަލް ހުޅުވުމަށް ހަމަޖެހިފައިވާއިރު، ޓެކްނިކަލް މައްސަލަ ތަކެއް ދިމާވިކަމަށް ބުނެ ޕޯޓަލް ބްލޮކް ކޮށްފައިވަނީ ވެސް ދާދި އެއް ވަގުތެއްގަ އެވެ.

އެހެންނަމަވެސް މީޑިއާތަކަށް މައުލޫމާތުދެމުން ކައުންސިލްގެ އޮފިޝަލަކު ވަނީ ޕޯޓަލް ޑައުންކޮށްލި މައްސަލަ އެ ކައުންސިލުން ވަރަށް ގާތުން ބަލާނެ ކަމަށް ބުނެފަ އެވެ.