ކޮވިޑަށްފަހު ބޯޑަރުތައް ހުޅުވާލުމާއެކު ބޮލީވުޑް ތަރިންގެ ފުރަތަމަ ޗުއްޓީ މަންޒިލަކަށްވެފައި މިވަނީ އިންޑިޔާއާ އެންމެ އަވަށްޓެރި ދިވެހިރާއްޖެ އެވެ.
ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް އާ ބޮލީވުޑް ތަރިންތަކެއް ރާއްޖެއަށް ޒިޔާރަތް ކުރާއިރު ކެޓްރީނާ ކައިފް ވެސް މިހާރު ވަނީ މިލިސްޓަށް އިތުރުވެފަ އެވެ.
ކެޓްރީނާ އާއި އޭނާއާއެކުގައި އައި އެކުވެރިންތަކުގެ އިންސްޓަގްރާމް ސްޓޯރީތަކަކަކުން ހާމަވި ގޮތުގައި ކެޓްރީނާ ޗުއްޓީ ހޭދަ ކުރަމުންދަނީ ވެލައްސަރު މޯލްޑިވްސްގަ އެވެ.
އިންސްޓަގްރާމް ސްރޯރީއިން ފެނުނު ގޮތުގައި ކެޓްރީނާ އާއި އެކު މިފަހަރު ރާއްޖެ އައިސްފައި ވަނީ މޭކަޕް އާޓިސްޓް ޑޭނިއެލް ސީ ބައޮރް އަދި ސެލިބްރިޓީ ހެއާ ސްޓައިލިސްޓް ގެބްރިއެލް ޖަވްރްޖިއޯ އާއެކުގަ އެވެ. އެހެންކަމުން މިފަހަރުވެސް ކެޓްރީނާ ރާއްޖެ އައީ ޕްރޮޖެކްޓެއްގެ މަސައްކަތުގައި ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރު އޭޕްރިލްގައި ވެސް ކެޓްރީނާ ވަނީ ފޮޓޯ ޝޫޓަކަށް ރާއްޖެ އައިސްފަ އެވެ. ފަސް މީހުންގެ ކްރޫގައި އެފަހަރު ވެސް މޭކަޕް އާޓިސްޓް ޑޭނިއެލް ސީ ބައޮރް ހިމެނު ނެވެ.
އިންސްޓަގްރާމް ސްޓޯރީތަކުން އިގުނު ގޮތުގައި ކެޓްރީނާ އާއި ކްރޫ ހަފްތާއެއްހާ ދުވަސް ރާއްޖޭގައި ހޭދަކުރާނެ އެވެ.