15 ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) މިއަދު އެނބުރި ރާއްޖެ އައިސް ކަރެކްޝަންސާ ހަވާލުވެއްޖެ އެވެ.

އޭނާ ރާއްޖެ އައިސް ކަރެކްޝަނާ ހަވާލުވެފައި މިވަނީ އޭނާ ރާއްޖޭގައި ނެތް ކަމަށް ފުލުހުންގެ އިދާރާއިން ކަރެކްޝަނަށް މި މަހުގެ 17 ވަނަ ދުވަހު އަންގާފައި ވަނިކޮށެވެ. ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވީ އައްސަދު ރާއްޖެ އައިސް ކަރެކްޝަނާ ހަވާލުވުމުން ޖަލު ހުކުމް ތަންފީޒު ކުރުމަށް ގެންގޮސްފައިވާ ކަމަށެވެ.

އަޑުބަރޭ ޖަލަށް ލުމަށް މިމަހުގެ ދެވަނަ ދުވަހު ހުކުމްކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށްފަހު އަލީ ރާއްޖެ ގެނެސްދޭނެ ކަމަށް ވެފައިވާ އިގުރާރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުންނެވެ. ކޯޓަށް ހާޒިރުވުމަށް އަސްއަދަށް ޗިޓު ރައްދުކުރެވިފައިވީ ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ ހުކުމް ކުރީ އޭނާގެ އައިރު ހާޒިރުގަ އެވެ.