މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އާއި ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާއަކީ ފޭނުންނަށް އެންމެ ލޯބި ޖޯޑު ކަމަށް ފޭނުން ބުނެފި އެވެ.

އެ ދެފަންނާނުން ދާދި ފަހުން ވަނީ އެކުގައި އިޝްތިހާރެއް ކުޅެފަ އެވެ. އެ އިޝްތިހާރުގައި ވިރާޓް ފެނިގެންދާނީ ޓާބަން އެއް އަޅައިގެން ހުއްޓައި ކަމަށްވެ އެވެ.

އެގޮތުން ފޮޓޯގްރަފަރުންނަށް ދެމަފިރިން ވެސް ޕޯޒް ކޮށްފައިވާއިރު، ފޮޓޯގްރަފަރުންނާއި، އެތާ ތިބި ފޭނުން ވަނީ އަނުޝްކާ އާއި ވިރާޓަށް ތައުރީފުކޮށްފަ އެވެ. އަދި އެދެފަންނާނުންނަކީ އެންމެ ލޯބި ޖޯޑު ކަމަށް ފޭނުން ވަނީ ބުނެފަ އެވެ.

އަނުޝްކާ އަކީ ބޮލީވުޑްގެ ބައެއް މަޝްހޫރު ފިލްމުތަކުގައި ޖާގަ ހޯދައި، ކާމިޔާބު ރޯލުތަކެއް އަދާކޮށްފައިވާ ފަންނާނެކެވެ. އަދި ވިރާޓަކީ، ވެސް އިންޑިޔާގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކްރިކެޓާ އެކެވެ.

އެ ދެފަންނާނުންގެ ކައިވެންޏަށް މިހާރު ފަސް އަހަރު ފުރިފައިވާއިރު، އެ ދެމަފިރިންނަށް ވަނީ އަންހެން ކުއްޖެއްވެސް ލިބިފަ އެވެ.

އެ ދެމަފިރިންގެ ދަރިފުޅު، ވާމިކާގެ ބައެއް ފޮޓޯތައް މޫނު ނުފެންނަހެން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާއިރު، ވާމިކާގެ މޫނު ނުފެންނަ ފޮޓޯތައް އެކަނި ފެނި ވެސް ފޭނުންގެ ހިތްތައް ވަނީ ފުރާލާފަ އެވެ،