އާމިރު ޚާން އާއި ޝާހުރުކް ޚާން އަކީ ބޮލީވުޑްގައި އަރާހުރި ދެފަންނާނުންނެވެ. އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މި ދެފަންނާނުންނަކީވެސް ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެދީފައިވާ ދެފަންނާނުންނެވެ.

އެދެފަންނާނުން އެކީގައި ފިލްމު ނުކުޅޭކަން ދެފަންނާނުންގެ ފޭނުންނަށްވެސް ފާހަގަވެފައިވާއިރު، އެކަމުގެ ފަހަތުގައިވާ ސިއްރަކީ ކޮބައިތޯ ފޭނުން އަބަދުވެސް ބަލަން ބޭނުންވެ އެވެ.

ކަން އެހެން އޮއްވައި އާމިރު ގެންގުޅޭ ކުއްތާއަކަށް ސާހުގެ ނަން ދިނުމުން ފޭނުންގެ ކުރަމުން ގެންދިޔަ ޝައްކު އިތުރަށް ޔަގީންވެގެންދިޔަ އެވެ. ފޭނުން ބުނިފަދައިން ޝާހު އާއި އާމިރު ފިލްމުތަކުން، ނުވަތަ ހަފްލާތަކުން އެކީގައި ނުފެނުނީ ދެފަންނާނުންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައި އޮތުމުންނެވެ.

އެގޮތުން އެދެފަންނާނުންގެ މެދުގައި ހިނގި ހަމަނުޖެހުން އެންމެ ފުރަތަމަ ފެށުނީ، އެންމެ މޮޅު ބަތަލުގެ އެވޯޑާއި ގުޅިގެންނެވެ. ޝާހުއަށް އެ އެވޯޑު ލިބިފައިވާއިރު، އޭނާ އެވޯޑު ހާސިލްކުރީ ރިޝްވަތުދީގެންކަމަށް އެދުވަސްވަރު ހަބަރު ފެތުރިގެންދިޔަ އެވެ. އެކަމާއި ގުޅިގެން ނުހުރުން ފާޅުކުރަމުން އާމިރް ކުރި ޓްވީޓެއްގައި ބުނީ، އޭނާ ގެންގުޅޭ ކުއްތާއަށް ކިޔަނީ ޝާހުރުކް ޚާން ކަމަށެވެ.

އާމިރާއި ޝާހުއަކީ މުސްލިމް ދެފަންނާނުންނެވެ. ވީއިރު، ގިނަ ބަޔަކު ވަނީ މުސްލިމެއްގެ ނަން ކުއްތާއަކަށް ނިސްބަތްކުރުމީ، ވަރަށް ބޭއަދަބީ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.