ސިންގަޕޫރުގައި ތައިރޮއިޑްގެ ފަރުވާ ހޯއްދަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޮޓޯއެއް، ސާޖަރީ ފަހު ފުރަތަމަ ފަހަރަށް އާންމުވެއްޖެ އެވެ.
ރައީސް ތައިރޮއިޑް ސާޖަރީކުރެއްވީ މިދިޔަ ހުކުރު ދުވަހު ހެނދުނު ސިންގަޕޫރުގަ އެވެ. އެމަނިކުފާނު ވަނީ އޮޕަރޭޝަން ކުރެއްވި ވަގުތު ޒިންމާތަކުން ދުރުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރައްވާފަ އެވެ.
އޮޕަރޭޝަން ކުރެއްވުމަށްފަހު އެމަނިކުފާނު އަދިވެސް ސިންގަޕޫރުގައި ހުންނެވިއިރު، އެމަނިކުފާނާއެކު ފޮޓޯއެއް ނަންގަވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) އެވެ.
މޫސާއަކީ ރައީސް ސޯލިހްގެ ވަރަށް އަރިސް ބޭފުޅެކެވެ.
އެ ފޮޓޯ ޓުވީޓާގައި ހިއްސާކުރައްވަމުން މޫސަ ވިދާޅުވީ، ރައީސްގެ އޮޕަރޭޝަނަށްފަހު ހާލުކޮޅު ބައްލަވާލެއްވި ކަމަށެވެ. އަދި ރައީސްގެ ހާލު ރަނގަޅު ކަމަށާއި، ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށް މޫސަ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވަނީ، އެމްޑީޕީގެ ކަންކަމާ ގުޅިގެން ރައީސްއާ ވާހަކަ ދެއްކެވުނު ކަމަށް ވެސް ފާހަގަކުރައްވާފަ އެވެ.
"އެމްޑީޕީ ވާހަކަވެސް ދައްކާލެވުނު، ދެންނެވިން ފައުންޑަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އަށޭ ތާއިދު ކުރައްވަނީ،" މޫސަ ވިދާޅުވި އެވެ.
ރައީސްއާއެކު އިންނެވި އެ ފޮޓޯ އާއްމުކުރިއިރު އެ ފޮޓޯގައި އޮޕަރޭޝަން ކުރެއްވި ތަން ފާހަގަވެ އެވެ.
ލުއި ލޯނާއި ކްރެޑިޓް ކާޑު ދަރަނި 9.2 ބިލިއަން ރުފިޔާއަށް އަރައިފި
ޕީއެންއެފްގެ "ފެހި ސިގްނަލް" ޖަލްސާ ސެޕްޓެމްބަރު 10ގައި
އަމިއްލައަށް އެދިގެން 107 މުވައްޒަފުން ވަކިވެއްޖެ: ފެނަކަ

ހަރަކާތުގައި ތިއުޅުއްވަނީ ކޮންކަމެއް ބޭނުން ވެގެން ތިއުޅުއްވަނީ