އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދުކުރަން ނިންމީ އައްޑޫ ސިޓީގެ މަސްލަހަތު އިސްކޮށްގެން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫގެ ތަރައްގީގެ މަސައްކަތް އެންމެ ގާތުން ބައްލަވާ މަޝްވަރާކުރައްވާ ބޭފުޅަކީ މިނިސްޓަރު ފައްޔާޒް ކަމަށެވެ. އެހެންކަމުން އައްޑޫގެ މަސްލަހަތު އިސްކުރައްވާ ފައްޔާޒަށް ތާއީދުކުރައްވަން ނިންމެވީ ކަމަށް ނިޒާރު ވިދާޅުވި އެވެ.
2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ލިބިގަންނަން ބޭނުންވަނީ "ގަޓު: ހުރި ލީޑާޝިޕެއް ކަމަށާއި ރޮޒެއިނާ އާއި ފައްޔާޒްއަކީ ހިންގާލާނެ ދެ ބޭފުޅުން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ޥާދަވެރިކަން ބޮޑުވެފައިވާއިރު، ފައްޔާޒުގެ އިތުރުން ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން ތާޢީދު ހޯއްދެވުމަށް ކެމްޕެއިން ކުރައްވާފަ އެވެ
އައްޑޫ ސިޓީގެ ގިނަ މެމްބަރުން މި އިންތިހާބުގައި ތާއީދު ކުރައްވަނީ ފައްޔާޒަށެވެ. އެގޮތުން އެމްޑީޕީގެ މިހާރުގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ވަނީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ.
ފައްޔާޒަކީ ރައީސް ސާލިހުގެ ކެންޑިޑޭޓެކެވެ. އަދި އިންތިއަކީ ރައީސް ނަޝީދުގެ ކެންޑިޑޭޓެކެވެ.
ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ފަށަނީ
ބަންގްލަދޭޝްގައި ނިޕާ ވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ
އިންތިހާބަކާ ނުލައި 7 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެވިއްޖެ: ފަލާހު
ބާރައް ހިފާ އަދި މީހާލަކީ
ހުރިހާ ޗޯރުން އެއްވަނީ ނޫން