ރާކީ ސާވަންތު އެންމެ ބިރުގަތް ދުވަހަކީ އޭނާގެ މޭމަތީގެ ސާޖަރީ ހެދި ދުވަސް ކަމަށް އޭނާ ބުނެފި އެވެ.

ރާކީ އަކީ މީގެ އަހަރުތަކެއް ކުރިން ބޮލީވުޑްގައި ރީތި ލަވަތަކެއް ކުޅެދިން ފަންނާނެކެވެ. އަދި އޭރު އޭނާގެ ރީތިކަމާއި، ނެށުމުގެ ހުނަރުން ގިނަ ބަޔަކަށް އޭނާ ވަނީ މަގުބޫލުވެފަ އެވެ.

ފިލްމީ އިންޑަސްޓްރީއަށް ވަނުމުގެ ކުރިން އޭނާގެ ހަށިގަނޑަށް ގެނައި ބަދަލުތަކުގެ ވާހަކަ ދައްކަމުން ރާކީ ވަނީ އޭނާ އުމުރުން 15 އަހަރުގައި ހެދި މޭމަތީގެ ސާޖަރީއާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ. ރާކީ ބުނާގޮތުގައި އެ ސާޖަރީއަކީ އޭނާ މުޅި ހަޔާތުގައި ވެސް ކުރި އެންމެ ނުރައްކާތެރި، އަދި ބިރުގަތް ކަންތަކެވެ.

އެގޮތުން ބޮލީވުޑަށް ވަންނަން އުޅުނު ދުވަސްވަރު ހުރިހާ ފަންނާނުން ވެސް ދިޔައީ ޕްލާސްޓިކް ސާޖަރީ ހަދައި އެބައެއްގެ ރޫފައާއި މޫނު ރީތިކުރަމުން ކަމަށް ރާކީ ބުންޏެވެ. އަދި ބޮލީވުޑަށްދާން ބޭނުންވާނަމަ، ރާކީއަށް ވެސް ޖެހޭނީ ޕްލާސްޓިކް ސާޖަރީ ހަދަންކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ކަމަށް ރާކީ ބުނެފައިވެ އެވެ.

ރާކީއަށް ގިނަ ބަޔަކު ދެމުންދިޔަ ލަފާގެ މަތިން އޭނާ ސާޖަރީ ހެދިކަމަށާއި، ސާޖަރީގެ ފަހުން އޭނާ އިތުރަށް ފުރިހަމަވެގެންދިޔަ ކަމަށް ރާކީ ވަނީ ބުނެފަ އެވެ. އަދި ކާމިޔާބު ލަވަތަކަކާއި ފިލްމުތަކުގެ ރޯލުތައް ކުޅެދިނުމުގައި އޭނާގެ ރީތިކަން ވަރަށް ބޮޑަށް އެހީތެރިވެދީފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.