ރޯދަމަހު ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން ބުނީ ރޯދަމަހު މުދާ ވިއްކާ ތަންތަނާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހާ ހަމައަށް، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 ން މެންދަމު 1:00އަށް ކަމަށެވެ.
ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ ހަވީރު 5:30 އިން މެންދަމު 3:00އާ ދެމެދު އެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ފަތިހު 4:30 އިން މެންދަމު 3:00އާ ހަމަޔަށް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ތަންތަނުން މިގޮތަށް އަމަލުކުރުމަށް އަންގާފަ އެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށް ލަފާކުރަނީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހެވެ. މީގެ ކުރިން ވެސް ރަމަޟާންމަހާ ދިމާކޮށް ކެފޭ ރެސްޓޯރަންޓްތަކާއި މުދާ ވިއްކާ ތަންތަން ހުޅުވަން ޚާއްސަ ވަގުތުތަކެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވެ އެވެ.

ނުވަ ކުރޫޒް ލައިނާއަކުން 15،000 ފަތުރުވެރިން އަތުވެއްޖެ
މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ