ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަރިހުން ޓިއުޝަން ނަންގަވަން ޖެހޭ ކަމަށް ވިދާޅުވެ މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހް ރާއްޖޭގެ ދެކުނުގެ ދެ ސިޓީކަމަށްވާ އައްޑޫ އަދި ފުވައްމުލަށް ސިޓީއަށް ވަޑައިގަންނަވަނީ "ހޮޅި ވާހަކަ" ދައްކަވަން ކަމަށެވެ. އަދި އެރަށަށް ވަޑައިނުގަންނަވައި، އެމަނިކުފާނު ރައީސް ޔާމީންގެ އަރިހުން ޓިއުޝަން ނަންގަވަން ވަޑައިގަންނަވަން ޖެހޭ ކަމަށް މަލީހު ވިފާޅުވެފައިވެ އެވެ.
މަލީހު އިއްޔެ ކުރެއްވި ޓްވީޓުގައި ވެސް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. އެގޮތުން ރައީސްގެ ނާގާބިލު ކަމަށާއި، ވިސްނުން ކޮށިކަމުގެ އިތުރުން، ދުނިޔެއަށް ލޯ ނުހުޅުވޭތީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެހެންމެ މިހާލަތުން ގައުމު އަރައިގަންނަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރައީސް ސޯލިހެކޭ، ބަނދަރު ތޮށީގައި ބާއްވާފައި އޮތް ބޮޑު ހިލަގަނޑެކޭ ތަފާތެއް ނެތް ކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ސޯލިހް އައްޑު އާއި ފުވަމުލަކަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވަނިކޮށެވެ.
އެމަނިކުފާނު އެންމެ ފަހުން އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގެ ތެރޭގައި 2019 ވަނަ އަހަރު އެވެ.
 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					